ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ނެޓްވާރކް ސްކޭނަރ ހޯދުމަށް

މިޑިޕާޓްމަންޓަށް ބޭނުންވާ ނެޓްވާރކް ސްކޭނަރެއް ހޯދައިދޭނެ ފަރާތެއް ހޯދުމަށް 2015 ޖޫން 04 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/29) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 29 ވާ ހޯމަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

05 ރަމަޟާން 1436

22 ޖޫން 2015
ހޯދާ