ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ (ޑްރާފްޓްސްމަން)

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ޑްރާފްޓްސްމަން)

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޑްރާފްޓްޓިންގް ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާ އަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ސައިޓް ސަރވޭ ހެދުމާއި، ޑިޒައިން ސްޓަޑީ  ހެދުމާއި، އަދި އާރކިޓެކްޗަރަލް ޑްރޯވިންގްތައް ތައްޔާރުކުރުން.
  • އާކިޓެކްޓުން އަދި އިންޖިނިއަރުންގެ ލަފާގެ މަތިން އޮޓޯކެޑް ބޭނުން ކޮއްގެން ޕްރޮޖެކްޓް ތަކުގެ ތަފްސީލް ކުރެހުންތައް އެކުލަވާލުން.
  • މަސައްކަތް ކުރާ ކޮންޓްރެކްޓަރ އަށް ބޭނުންވާ ބީއޯކިއު ހަދަން އެހީތެރިކަން ފޯރުކޮއް ދިނުން.
  • ކޮންޓްރެކްޓަރ އާއިއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ ޕްރޮޖެކްޓްގެ ޑިޒައިންއަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތައް ކުރެހުމަށް ގެނައުން.
  • ޕްރޮޖެކްޓްތަކުގެ ޑިޒައިންގައި ހުންނަ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އިންޖިނިއަރުންނާއި މަޝްވަރާކޮއްގެން އެކަންކަން ހައްލު ކުރުން.
  • ޕްރޮޖެކްޓް ސައިޓް ތަކައް ގޮސް ކުރެހުންތަކައް ބޭނުންވާ މައުލޫމަތު އެއްކުރުން.
  • ކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތައް ބެލެހެއްޓުން (މެނޭޖްކުރުން).
  •  ދާއިރާއާ ގުޅުންހުރި ޑިޕާރޓްމަންޓްގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

21 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 21 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

13 ރަބީޢުލްއާޙިރު 1466

16 އޮކްޓޫބަރު 2024

16 އޮކްޓޫބަރު 2024
ހޯދާ