ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ ކަންކަން އިންތިޒާމް ކުރުން

އަންނަ އަހަރު މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން އެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނީ މި ކައުންސިލްގެ ކައުންޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހަޅައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް  މެއިލްކޮށްގެންނެވެ. މި މަސައްކަތް ޙަވާލުކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ބައްދަލުވުން އޮންނާނީ 31 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. 

16 އޮކްޓޫބަރު 2024
ހޯދާ