މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަކެތި ޗާޕުކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕުކުރަން ބޭނުންވެގެން 03 ޖޫން 2015 ވީ ބުދަ ދުވަހު ކުރި ނަންބަރު IUL)202-A/1/2015/75) އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިނުވާތީ، އިސްވެ ދެންނެވިފައިވާ އިޢުލާން ބާޠިލުކޮށް، އަލުން މިތަކެތި ޗާޕުކުރުމަށް އިޢުލާންކުރަމެވެ.

  • ޕްރޮވިޝަނަލް ސެޓުފިކެޓު އޮފް މޯލްޑިވްސް ރަޖިސްޓަރީ
  • ސެޓުފިކެޓު އޮފް މޯލްޑިވްސް ރަޖިސްޓަރީ
  • ނިޔަމިކަމުގެ ސަނަދު ފޮތް

ވީމާ، މިތަކެތި ޗާޕުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

05 ރަމަޟާން 1436    

22 ޖޫން 2015
ހޯދާ