ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޯސްޓަރ ކުރެހުމުގެ މުބާރާތާއި ގުޅޭ!

   ގދ. މަޑަވެލި ކައުންސިލާއި ގދ. މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށްޓަކައި "ރަގަޅު ކާނާ ކެއުމުގެ މުޙިއްމުކަން" މިޝިއާރުގެ ދަށުން ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މިޕޯސްޓަރ ކުރެހުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ ކީސްޓޭޖް -1، ކީސްޓޭޖް -2، ކީސްޓޭޖް -3 އަދި ކީސްޓޭޖް -4 އަށެވެ.

   މިކުރެހުންތައް ބަލައިގަންނާނީ 15 އޮކްޓޯބަރ 2024 ވަނަ ދުވަހުން ފެށިގެން 17 އޮކްޓޯބަރ 2024 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް ގދ. މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތުންނެވެ. ޕޯސްޓަރ ތައް ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކުއްޖާގެ ނަން އަދި އައިޑީ ކާޑް ނަންބަރ ޖެހުމަށްފަހުގައެވެ. ހުށަހަޅާ ކުރެހުންތަކުން ކޮންމެ ސްޓޭޖުން އެންމެ މޮޅު 3 ދަރިވަރުން ހޮވުން އޮންނާނެއެވެ.

         ވީމާ، މިކަން ތިޔަ ފަރާތުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

14 އޮކްޓޫބަރު 2024
ހޯދާ