އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް

އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އަލަށް ނެޓްވޯރކް އަޅަންޖެހޭ ތަންތަނާއި ކޭބަލްގެ މައްސަލަ އުޅޭ ތަންތަނުގައި ކޭބަލް އެޅުން.
  2. ނެޓްވޯރކްގެ މައްސަލަޖެހޭ ތަންތަން ފާހަގަކޮށް، ޖެހޭ މައްސަލަތައް ހޯދައި އެކަންކަން ޙައްލުކުރުން.
  3. ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެތަނަކަށް ގޮސް، މައްސަލަ ހޯދައި، ހާރޑްވެއަރ މައްސަލައެއްނަމަ، އައި.ޓީ ވޯރކްޝޮޕަށް ގެނެސް މައްސަލަ ޙައްލުކުރުމާއި، އޮފީހަށް ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލްކޮށް އަޕްޑޭޓްކުރުން.
  4. ޚިދުމަތްދޭ ތަންތަނުގައި ހަރުކޮށްފައި ހުންނަ ކިއު ސިސްޓަމަށް ޖެހޭ މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކުރުން.
  5. ކިއު ސިސްޓަމްގެ ޓޯކަން ޕްރިންޓިންގ ރޯލް ހުސްވުމުން، އާ ރޯލް ލައްވަން ދިއުން، ކިއު ބޯޑްތައް ހަރުކުރުން.
  6. ކޮމްޕިއުޓަރުތަކާއި، ކޮމްޕިއުޓަރާ ގުޅުންހުރި ހާރޑްވެއަރތަކުގެ އިންވެންޓްރީ ނަގައި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ކޮމްޕިއުޓަރތަކަށް އެންޓި ވައިރަސް ސޮފްޓްވެއަރ އިންސްޓޯލްކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސާރވަރއާއި ސްވިޗްތަކުގެ ސްޓޭޓަސް ބެލުމާއި، ޖެހޭ މައްސަލަތައް ރިޕޯޓްކޮށް، މައްސަލަތައް ޙައްލުކުރުން.

 

ތަޢުލީމާއި ތަޖުރިބާ

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން 'ސީ" ގްރޭޑް ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. (މިގޮތުން މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލެވޭނެއެވެ.)

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ސްޓޯރ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އޮފީސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- ގުދަނުގައި މުދާ ޖެހުން.

3- ސްޓޯރުުން މުދާ ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

4- ސިޓީ  ނޯޓް ފަދަ ތަކެތި، އެއް ސެކްޝަނުން އަނެއް ސެކްޝަނަށް ގެނެސް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން (މިގޮތުން، މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލެވޭނެއެވެ.)

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް  

  ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. މި  މަޤާމްތަކަށް  އެދޭ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  އެޕްލިކޭޝަން  ފޯމް (ވަޒީފާއަށް  އެދޭ  ފޯމް، މި  ހޮސްޕިޓަލުގެ   ފުރަތަމަ  ފަންގިފިލާގައި  ހުންނަ  ރިސެޕްޝަން  ކައުންޓަރުން  ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން (www.igmh.gov.mv ން) މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ.ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. މަސައްކަތުގެ  ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތް ކޮށްފައިވާ  އިދާރާތަކުން  ދޫކޮށްފައިވާ  ލިޔުންތައް (މި ލިޔުމުގައި، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)

 ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން

2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 ން މެންދުރުފަހު 13.30 އަށް.

ސުންގަޑި

2015  ޖުލައި  6  ވާ  ހޯމަ  ދުވަހުގެ  13.30  ގެ  ކުރިން  އިންދިރާ  ގާނދީ  މެމޯރިއަލް  ހޮސްޕިޓަލް (2015 ޖުލައި 6 ވާ ހޯމަ ދުވަހުގެ 13.30 ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

އިންޓަރވިއު އޮންނާނެތާރީޚާއި ތަން

2015 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރުތަކަކީ 3335343، 3335234 އެވެ.

4 ރަމަޟާން 1436

21 ޖޫން 2015
ހޯދާ