ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 15,246.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6,534.00 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް އާރޓްސް

ދާއިރާ:

އިންގްލިޝް ލޭންގުވިޖް

ސްޕައިން: 46

ގުރޭޑް: 8

މަޤާމުގެ ޝަރުޠު:

އެމް. އެން. ކިޔޫ. އެފް. ގެ ލެވެލް 10 ގެ ސަނަދެއް ލިބިފައިވުން.

ސީނިއަރ ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް އާރޓްސް

ދާއިރާ:

އިންގްލިޝް ލޭންގުވިޖް

ސްޕައިން: 40

ގްރޭޑް: 7

މަޤާމުގެ ޝަރުޠު:

އެމް. އެން. ކިޔޫ. އެފް. ގެ ލެވެލް 7 ގެ ސަނަދަކާއި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޓޭބަލްކުރެވޭ ގަޑިއާއި ބަދަލުގައި ނަގަންޖެހޭ ގަޑިތަކަށް ކިލާސްތަކުގައި ކިޔަވައިދިނުން. ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ ކޯސް ނިމުނުގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން. އެސައިންމަންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި، ޕަރފޯމަންސް މޮނިޓަރކޮށް މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

(ހ) އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.

(ށ) ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

(ނ) މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށްފައި އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.

 (ރ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.

(ބ) ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.

(ޅ) ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

  • ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން،  މަސައްކަތަށް ފަސްނުޖެހި، ޕްރޮފެޝަނަލް ރޫޙެއްގައި، އެކުވެރިކަމާއެކު މަސައްކަތްކުރުން.
  • އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
  • ކޯސް ކޯޑިނޭޓްކުރުމާއި މާއްދާ ކޯޑިނޭޓްކުރުމާއި، ފެކަލްޓީއާއި، ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.
  • މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ މިނޫން ކަންތައްތައް ވެސް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • ·  ޓާރޝިއަރީ ލެވެލުގައި މި ދާއިރާގެ މާއްދާތައް ކިޔަވައިދީފައިވާ ފަރާތްތަކަށް ނުވަތަ އިންގްލިޝް ލޭންގުވިޖް ދާއިރާގައި  ކަރިކިއުލަމް ލިޔުންފަދަ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖޫން 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.

8 ރަމަޟާން 1436

25 ޖޫން 2015
ހޯދާ