މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  މިނިސްޓްރީން  10  ޖޫން  2015  ގައި  ކޮށްފައިވާ  22/2015/147/ޑީ-22(IUL)   ނަންބަރުގެ  އިޢުލާނުގައި  ލިޔުމުގެ  ކުށެއްވާތީ،  އެ  އިޢުލާން  ބާޠިލްކޮށްފައި،  އެ  މަޤާމަށް  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމް: ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް ޔުނިޓް، ޕްރޮކިއުމަންޓް ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ                    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީއާއި ދާއިރާއިން އެދޭ ތަކެއްޗާއި ޚިދުމަތް ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން، އުޞޫލުތަކާ އެއްގޮތަށް ކޮށް، ބޭނުންވާ މުއްދަތަށް ތަކެތި ހޯދައި، އެތަކެތި ފޯރުކޮށްދިނުން.
  2. މިނިސްޓްރީއާއި ދާއިރާގެ ބޭފުޅުން/ޓީމުތައް ރާއްޖެތެރެއަށް ކުރާ 25000.00 ރުފިޔާއަށްވުރެ އަގުމަތީ ދަތުރުތައް ގެޒެޓްކޮށް ބީލަން ކުރިއަށްގެންދިއުމާއި، އެ ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި ދަތުރުތައް ހަމަޖެއްސުން.
  3. ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން ދަށުގެ ޓެކްސްޓް ފޮތްތައް މިނިސްޓްރީން ގެޒެޓްކޮށްގެން ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން.
  4. ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން މަތީގެ ޓެކްސްޓް ފޮތްތައް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑް މެދުވެރިކޮށް ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން.
  5. ހޯދޭ ތަކެތީގެ ތެރެއިން ގުދަނަށް ފޮނުވަންޖެހޭ ތަކެތި، ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ޢަމަލުކުރުމާއި އެކަންކަމާގުޅޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  6. ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް، ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.

މަޤާމުގެ ޝަރުޠު                                              

1. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

4. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖުލައި 2 އާއި 9 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 2 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ރަމަޟާން 1436

21 ޖޫން 2015
ހޯދާ