މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ފޮޓޯ މައުރަޒެއް ބޭއްވުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފޮޓޯ މައުރަޒެއް ބޭއްވުމަށް ކުރެވިފައިވާ ނަންބަރު IUL)25-A2/1/2015/39) (ތާރީޚު: 04 ޖޫން 2015) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ކަރުދާސް އިތުރު ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބާއްވަން ގަސްދުކުރާ ފޮޓޯ މައުރަޒު މިމިނިސްޓްރީގެ ލަފާގެ މަތިން ރާވައި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2015 ޖޫން 23 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 29 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.

27 ޝަޢުބާން 1436

14 ޖޫން 2015
ހޯދާ