އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބައި-އިލެކްޝަންތަކުގެ ވޯޓު ކަރުދާސް ޗާޕުކުރާނެ ފަރާތެއް ހޯދުމަށް

1 އޯގަސްޓް 2015 އިން ފެށިގެން، ކުރިއަށްއޮތް 1 (އެކެއް) އަހަރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުނެގުމަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޖޫން 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންވީ ތަކެތި:

  • ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
  • މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 20 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބުތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ.
  • މިޚިދުމަތް ދިނުމުގެ މުއްދަތުގެ ތެރޭގައި ޚިދުމަތުގެ ފެންވަރަށް ބަލައި، މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
  • އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
  • ހިލާލީމަގު، މާފަންނު
  • މާލެ، ދިވެހިރާއްޖެ

30 ޝަޢުބާން 1436

16 ޖޫން 2015
ހޯދާ