ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީން 11 ޖޫން 2015 ގައި ކޮށްފައިވާ 145/ 2015/ 22/ޑީ-22(IUL) ނަންބަރުގެ ޢިއުލާނުގައި ލިޔުމުގެ ކުށެއްވާތީ، އެ އިއުލާން ބާޠިލްކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: ކޮމްޕިއުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސަޕޯޓް އެންޑް ނެޓްވަރކް މެނޭޖްމަންޓް ޔުނިޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިނިސްޓްރީގެ ނެޓްވާރކް ފަރުމާކުރުމާއި ޑިވެލޮޕްކުރުމާއި ސާވާރ މެއިންޓެއިންކުރުން.
- ދުވަހުން ދުވަހަށް ސާވާރ އޮޕަރޭޓިންގ ސިސްޓަމްތަކާއި، ސާވާރގައި ބޭނުންކުރާ ޕްރޮގަރާމްތަކުގެ އަޕްޑޭޓްތައް ޑައުންލޯޑްކުރުމާއި އިންސްޓޯލްކުރުން.
- ސާވާރ އާއި ނެޓްވާރކް މެލްވެއަރ އާއި ހެކާރސްގެ ކިބައިން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އެންޓި ވައިރަސް ޑެފިނިޝަން އަޕްޑޭޓްކުރުމާއި، ނެޓްވާރކާ ގުޅިފައިހުރި ކޮމްޕިއުޓަރުތަކުގައި އެންޓިވައިރަސް އަޕްޑޭޓް ސްޓޭޓަސް މޮނިޓަރކުރުން.
- ސާވަރ ބޭނުންކުރެވެމުންދާގޮތް މޮނިޓަރކުރުމާއި ޑޮކިއުމަންޓުކުރުމާއި، ފާހަގަކުރެވޭ އާދަޔާޚިލާފު ހަރަކާތްތަކެއް ނެޓްވާރކުގައި ހުރިނަމަ، ސެކްޝަނުގެ ވެރިންނަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުން އެޅުން.
- ސާވަރއާއި އެހެނިހެން ނެޓްވާރކާ ގުޅުންހުރި ހާރޑްވެއަރ އާއި އެޕްލިކޭޝަންތައް އިންސްޓޯލްކޮށް ކޮންފިގަރކުރުން.
- ސާވަރގައި ހުންނަ ޑޭޓާ ރަނގަޅަށް ބެލެހެއްޓުމާއި، އޭގެ ބެކް އަޕް ދުވަހުން ދުވަހަށް ހެދުމާއި، ބެކްއަޕްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން.
- ނެޓްވާރކް ޔޫސަރ އެކައުންޓްސް އާއި އެހެނިހެން ނެޓްވާރކް ރިސޯސަސް މެނޭޖްކުރުން.
- ނެޓްވާރކުން ލިބޭ ޚިދުމަތްތައް ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމާއި، އެއާ ގުޅޭ ތަމްރީންތައް ހިންގުން.
- ނެޓްވާރކްގެ އަޕްޓައިމް މަތިކުރުމަށާއި، މުޅި ނެޓްވާރކްގެ ޕާފޯމަންސް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ނެޓަވާރކް އާއި ސާވަރ އެޕްލިކޭޝަންތައް ދުވަހުން ދުވަހަށް ބޭނުންކުރެވޭގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
- އެންމެ ފަހުގެ ނެޓްވާރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވާރކް ސެކިއުރިޓީ އިޝޫތަކާބެހޭ އަޕްޑޭޓްތައް އިންޓާރނެޓުގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން.
މަޤާމުގެ ޝަރުޠު:
1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖުލައި 2 އާއި 9 އާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 2 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
4 ރަމަޟާން 1436