މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  މިނިސްޓްރީން  10  ޖޫން  2015  ގައި  ކޮށްފައިވާ  191/2015/191/ޑީ-22(IUL)  ނަންބަރުގެ  ޢިއުލާނުގައި  ލިޔުމުގެ  ކުށެއްވާތީ، އެ  އިއުލާން  ބާޠިލްކޮށް،  އެ  މަޤާމަށް  އަލުން  އިޢުލާންކުރަމެވެ. 

މަޤާމް: ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް  

މުސާރަ: -/13890 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ                     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތަޢުލީމީ ކަންތައްތައް ކުރިއެރުވުމަށާއި ރަނގަޅުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވައި، ތައްޔާރުކުރުން.
  2. ޑިވިޜަނުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމާއި، ޑިވިޜަނުގެ އެހެން މުވައްޒަފުންގެ މަސައްކަތް ބަލަހައްޓައި، އެ މުވައްޒަފުންނަށް ބޭނުންވާ އިރުޝާދުދީ، އެހީތެރިކަން ފޯރުކޮށްދިނުން.
  3. ތަޢުލީމީ ދާއިރާގެ މަސައްކަތްތަކުގައި، އުޞޫލްތަކާބެހޭގޮތުން ކަމާގުޅޭ އެހެން ދާއިރާތަކުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ތަޢުލީމީ ސިޔާސަތުތައް އެކުލަވައިލުމުގައި މަސައްކަތްތައް ރޭވުން.
  4. މާސްޓަރ ޕްލޭނާއި، ދާއިރާގެ ބަޖެޓް ޕްލޭނާއި، ސްޓްރެޓީޖިކް ޕްލޭންފަދަ ތަޢުލީމީ ދާއިރާގެ ޕްލޭންތައް ލިޔެ، ތައްޔާރުކުރުން.
  5. މާސްޓަރ ޕްލޭނާއި، ސްޓްރެޓީޖިކް ޕްލޭންފަދަ ކަނޑައެޅޭ ތަޢުލީމީ ދާއިރާގެ ޕްލޭންތައް ލިޔެ، ތައްޔާރުކޮށްފައިވާގޮތަށް ކުރިޔަށްދޭތޯ ބަލައި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6. ޑިވިޜަނުގެ ފަރާތުން ކުރެވޭ މަސައްކަތްތަކުގައި، ތަޢުލީމީ ދާއިރާގެ ދިގު މުއްދަތުގެ މަޝްރޫޢުތަކާއި، މެދު މުއްދަތުގެ މަޝްރޫޢުތައް އެކުލަވައިލުމުގެ މަސައްކަތް، ޑިވިޜަނުގެ އޯވަރސީކުރައްވާ އިސްވެރިޔާގެ ލަފާގެމަތިން، އިސްނަގައިގެން ކުރިއަށްގެންދިއުން.
  7. ތަޢުލީމީ ދާއިރާގައި ހިންގަން ރާވާ ޕްރޮޖެކްޓްތައް ލިޔެ ތައްޔާރުކުރުވުން.
  8. ޕްރޮޖެކްޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  9. ޕްރޮޖެކްޓްތައް ހިންގަން ރޭވިފައިވާ ފަރާތްތަކަށް ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން.
  10. ތަޢުލީމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި އެކިއެކި އެހީދޭ ޖަމާޢަތްތަކުގެ އެހީ ހޯދުމަށް ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ލިޔުއްވައި، ތައްޔާރުކުރުވައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  11. ޑިވިޜަނުގެ އަހަރީ ރިޕޯޓަށް ބޭނުންވާ ޑިވިޜަނުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ތައްޔާރުކުރުވުން.
  12. ޑިވިޜަނުގެ މަސްއޫލިއްޔުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠު                                                

1. ކިޔަވައިދިނުމުގެ ސަނަދަކާއެކު، އެޑިޔުކޭޝަނަލް ޕްލޭނިންގ/ކިޔަވައިދިނުމުގެ ސަނަދަކާއެކު، އެޑިޔުކޭޝަނަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ކިޔަވައިދިނުމުގެ ސަނަދަކާއެކު، އެޑިޔުކޭޝަނަލް ޕްލޭނިންގ/ކިޔަވައިދިނުމުގެ ސަނަދަކާއެކު، އެޑިޔުކޭޝަނަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ކިޔަވައިދިނުމުގެ ސަނަދަކާއެކު، އެޑިޔުކޭޝަނަލް ޕްލޭނިންގ/ކިޔަވައިދިނުމުގެ ސަނަދަކާއެކު، އެޑިޔުކޭޝަނަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން އޮންނާނީ، 2015 ޖުލައި 2 އާއި 9 އާ ދެމެދުގެ ތާރީޚެއްްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގައެވެ.

ށ. އިންޓަވިއުއަށާއި، ޕްރެޒެންޓޭޝަނަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން  ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 2 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

4 ރަމަޟާން 1436

21 ޖޫން 2015
ހޯދާ