މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މުށި ނައްޓައި އަލުން މުށިޖެހުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިސަރވިސްގެ ހުޅުލޭ އޮފީސް އިމާރާތުގެ ބައެއް ތަންތާނގައި ޖަހާފައިވާ ތަށިމުށި އެތަންތަނުން ނެއްޓި ހަލާކުވެފައިވާތީ، އެތަންތާނގައިވާ މުށި ނައްޓައި އަލުން މުށިޖެހުމަށް ބޭނުންވެގެން 2014 ވަނައަހަރު 3 ފަހަރެއްގެ މަތީން އިޢުލާންކޮށް ބަޔަކާއި މަސައްކަތް ހަވާލުކޮށް އެގްރީމަންޓް ކުރެވިފައިވަނިކޮށް އެފަރާތުން އެގްރީމަންޓްގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް މަސައްކަތްކޮށްފައިނުވާތީ، އެ އެގްރީމަންޓް ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2015 ޖަނަވަރީމަހު ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/04 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރި ފަރާތުން އިޢުލާނުގައި އެދިފައިވާ ތަށިމުށި ލިބެން ނެތުމުން އެމަސައްކަތް ކޮށްދެވެން ނެތްކަމަށް އެންގުމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 29 ވާ ހޯމަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ) މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ޖުލައި 06 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

05 ރަމަޟާން 1436

22 ޖޫން 2015
ހޯދާ