މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާފަރު ކައުންސިލްގެ 9 ވަނަ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                             ނަމްބަރ:331/331/2024/83(IUL)

 

އިޢުލާން

 

ގާފަރު ކައުންސިލްގެ 9 ވަނަ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ގާފަރުގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން ގާފަރު ކައުންސިލްގެ 9 ވަނަ ޤުރުޢާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

                 ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ގޫގަލް ފޯމްގެ ލިންކް މިއިދާރާގެ މީސްމީޑިއާގެ އެކިމަންސަތަކުގައި ހިއްސާކުރެވޭނެއެވެ. މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.  

03 އޮކްޓޫބަރު 2024
ހޯދާ