މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00ން ފެށިގެން 18:30 އަށް މުދާ އުފުލާ އުޅަނދާއި ބަރުއުޅަނދު ވަނުމާއި ދުއްވުމާއި ޕާކުކުރުމާއި، މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތްކުރުން މަނާ ސަރަޙައްދުތަކާއި މަގުތަކާއި ގޯޅިތައް

އިޢުލާން

ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00ން ފެށިގެން 18:30 އަށް ތިރީގައި މިދަންނަވާ މަގުތަކާއި ގޯޅިތަކުގައި ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް މުދާ އުފުލާ އުޅަނދާއި ބަރުއުޅަނދު ވަނުމާއި ދުއްވުމާއި ޕާކުކުރުމާއި، މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތްކުރުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ.

1. ބޮޑުތަކުރުފާނުމަގު އެމް.އެމް.އޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް

2. މަސްމާރުކޭޓުގެ ދެކުނުން އޮންނަ ކަނޑި ދޮންމަނިކު ގޯޅި     

3. ހަވީރީ ހިނގުން، ހުސޭނީ ގޯޅިން ފެށިގެން ފާރުކެނޑި ހިނގުމާ ހަމައަށް

4. މުޙައްމަދު އިސްމާޢީލްދީދީ ގޯޅި

5. މުޙައްމަދު އިބްރާހީމްދީދީ ގޯޅި

6. ހުސޭނީ ގޯޅި

7. ކެނދިގަސް ހިނގުން

8. އާބުރުޒު ހިނގުން

9. ފާރުކެނޑި ހިނގުން

މި އިޢުލާނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަންވެސް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

29 ޝަޢުބާން 1436

16 ޖޫން 2015
ހޯދާ