ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސެކިއުރިޓީ އޮފިސަރ/ ގރ. 1

އަދަދު:1  

އަސާސީ މުސާރަ: -/3930ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/1900ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސުޕަރމާޓްގެ ސެކިއުރިޓީ ބެލެހެއްޓުން
  • ބެގޭޖް ލޮކަރއަށް ކަސްޓަމަރުންގެ އެއްޗެތި ލާވަގުތު އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.
  • އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޖޫން 21 ވާ އާާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344264، ފެކްސް: 3344041، ވެބްސައިޓް: www.stomaldives.co

27 ޝަޢުބާން 1436

14 ޖޫން 2015
ހޯދާ