ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރ

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރ ގރ.1 (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

އަދަދު: 03

އަސާސީ މުސާރަ: -/3240ރ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ވެއަރހައުސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ލޯޑުކުރުމާއި އަންލޯޑުކުރުން
  • ދުވަހުން ދުވަހަށް ގުދަން ސާފުކުރުން
  • ހަރުތަކުގައި މުދާ އެތުރުން
  • މުދާ ދޫކުރުމުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ފުރިހަމަކޮށްފައިވުން
  • ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގުން

އެހެނިހެން ހުނަރު:

  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސަައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ޖޫން 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:  http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތް ތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245، ފެކްސް: 3344041، އީމެއިލް: [email protected]          

16 ޖޫން 2015
ހޯދާ