ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (ގ.ގްރީންގެ) ގައި އުފެދޭކުނި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/45) (ތާރީޚު: 10 ޖޫން 2015) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ އެންމެ ފަރާތަކުންކަމަށްވާތީ މި އެޖެންސީގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަނަންވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރެއްވުން |
22 ޖޫން 2015 |
ހޯމަ |
13:00 (މެންދުރުފަހު) |
އަންދާސީހިސާބު ހުށަހެޅުއްވުން |
25 ޖޫން 2015 |
ބުރާސްފަތި |
13:00 (މެންދުރުފަހު) |
29 ޝަޢުބާން 1436