ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީމީހާ އިންޝުއަރ ކުރުމާބެހޭ

01 ޖުލައި 2015 ން ފެށިގެން ސްޕެޝަލް ވިސާ އަދި ބިޒްނަސް ވިސާ ދޫކުރެވޭނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ދޫކުރާ 'އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރެންސް ޕޮލިސީ' ގެ ދަށުން ބިދޭސީމީހާ އިންޝުއަރ ކުރުމުން ކަމުގައި ދެންނެވީމެވެ. އެހެންކަމުން، ވިސާއަށް ހުށަހަޅުއްވާއިރު 'އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރެންސް ޕޮލިސީ' ގައި ބައިވެރިވެފައިވާކަން އަންގައިދޭ ލިޔުން އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުމަށް ދެންނެވީމެވެ.

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ