މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޔޫޕީއެސް ހޯދުމަށް

ނެޝަނަލް ހެލްތު ލެބޯޓްރީއަށް 3NKV ޔޫޕީއެސް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/126)ފ(26 މޭ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު ނެޝަނަލް ހެލްތު ލެބޯޓްރީއަށް 3NKV ޔޫޕީއެސް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 29 ވާ ހޯމަ ދުވަހުގެ 11:00އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 06 ވާ ހޯމަ ދުވަހުގެ 10:30 އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޝަޢުބާން 1436       

16 ޖޫން 2015
ހޯދާ