މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިބޭހާއި އޯލްޓަނޭޓިވް ބޭސް ވިއްކާ ފަރާތްތައް އިމްތިހާނުކުރުމާބެހޭ

ބޭހާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2014/R-46) ގެ 5.2 އަދި 5.5 ވަނަ މާއްދާގައި ވާގޮތުން "އޯލްޓަނޭޓިވް ބޭސް ވިއްކުމުގެ މަސައްކަތް ކުރެވޭނީ އެފަދަބޭސް ވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ތަނެއްގައި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް (އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ރަޖިސްޓަރީ ކުރުމާއި ރެގިއުލޭޓް ކުރުމުގެ ޒިންމާ އުފުލާ ފަރާތް) އިން ބޭސް ވިއްކުމުގެ ހުއްދަދީފައިވާ މީހެއްގެ ބެލުމުގެ ދަށުންނެވެ.

ވީމާ، ދިވެހިބޭހާއި އޯލްޓަނޭޓިވް ބޭސް ވިއްކާ ފަރާތްތައް އިމްތިހާނުކޮށް ހުއްދަދިނުމުގެ ބުރެއް މިމިނިސްޓްރީގައި އޮންނަ " ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިން ކޮމިޓީން" ބޭއްވުމަށް ހަމަޖެހިފައިވާތީ މިއިމްތިހާނުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 30 ޖޫން 2015 ގެ ކުރިން މިމިނިސްޓްރީގެ ދިވެހިބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިން ކޮމިޓީއަށް އެޑްރެސްކޮށް ސިޓީއަކުން އެދުމަށް ދެންނެވީމެވެ. 

16 ޖޫން 2015
ހޯދާ