ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިޔުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ކޮމްޕިޔުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

 

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ތަޖުރިބާ ނެތި، ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭ ދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  2. މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ލެޕްޓޮޕްތައް ދިމާވާ އެންމެހައި މަސައްލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  3. މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ނެޓްވޯކް ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  4. މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ލޭޒާ ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  5. މަރުކަޒީ އިދާރާގައި ބޭނުންކުރާ ޑެސްކްޓޮޕް، އެޗް. ޕީ ޕްރިންޓަރުތަކަށް ދިވާމާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  6. މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ސްކޭނަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  7. ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
  8. ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  9. މަރުކަޒީ އިދާރާގެ އެތެރޭގެ ނެޓުވާރކަށް ދިމާވާ މައްސަލަތައް ރަނގަޅުކުރުމާއި، އެތެރޭގެ ތަނަކަށް ނެޓްވާރކް ޕޮއިންޓެއް އަޅަންޖެހިއްޖެ ޙާލަތްތަކުގައި އެޅުން.
  10. މެއިން ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޔުނިވަރސިޓީގެ އެކަމެއް ރަނގަޅުކުރުން.
  11. މެއިން ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  12. ޔުނިވަރސިޓީގެ ސަރވަރތައް އަޕްގްރޭޑްކުރުމާއި މެއިންޓެއިންކުރުން.
  13. ޕެޗުކޭބަލެއް ސްވިޗެއް، ޕޭސްޕްލެޓެއްގައި މައްސަލައެއް ދިމާވެއްޖެނަމް ރަނގަޅުކުރުން.
  14. ޚާއްޞަ ސޮފްޓްވެއަރއެއް އަޅާފައި ހުންނަ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  15. އެހެނިހެން ފެކަލްޓީތަކަށް އެހީތެރިކަން ބޭނުވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16. އޮފީހުން ހަމަޖައްސާ ގޮތެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރުން.
  17. މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖޫން 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.

30 ޝަޢުބާން 1436

17 ޖޫން 2015
ހޯދާ