މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމުސީނިއަރ ލޯޔަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ވަގުތީ ކޮންޓްރެކްޓް – 3 މަސްދުވަސް

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް ޑިޕާޓްމަންޓް

ޖުމްލަ މުސާރަ: -/14,320 ރ

މަސައްކަތް ކުރަންޖެހޭ ތަން: އެމްޓީ.ސީ.ސީ ޓަވަރ/ލީގަލް އެފެއާޒް ޑިޕާޓްމަންޓް

ޝަރުޠު

  • ޑިގްރީ އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަނާ އެއް ފެންވަރަށް އެކްރެޑިޓް ކުރެވިފައިވާ ސަނަދެއް ލިބިފައިވުމާއެކު، ދިވެހިރާއްޖޭގައި 2 އަހަރު ދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތްކުރައްވާފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކޯޕަރޭޓް ބިޒްނަސް މާހައުލެއްގައި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލައި ޤާނޫނީ ލަފާ ދެއްވޭނެ ފަރާތެއްކަމުގައިވުން.
  • އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރެއްވޭނެ ފަރާތެއްކަމުގައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ލީޑަރޝިޕް ހުނަރާއި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކުންފުނީގެ ލީގަލް ދާއިރާގެ މަސައްކަތް މެނޭޖްކޮށް ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ލަފާދެއްވުން.
  • ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބިލައްވާނެއެވެ.

މަޤާމު: ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/7800ރ.

ސަރވިސް އެލަވަންސް: -/2000ރ.

ޓެކްނިކަލް އެލަވަންސް: -/2500ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިޔުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި

ޝަރުޠު

  • ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ގުޅުންހުރި ދާއިރާއަކުން ނިންމާފައިވުމާއެކު 3 ނުވަތަ 4 އަހަރުގެ ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖާއި އޮޓޯކޭޑަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސް ފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާއަށް ފަރިތަވުން.
  • ބިޒްނަސް މެނޭޖްމަންޓުގެ އުސޫލުތައް އެނގުމާއެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް ލަފާދިނުމާއި ރޭވުން އަދި މިމަސައްކަތް ހިނގަމުންދާގޮތް ބެލުމާއި ކޯޑިނޭޓްކުރުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.
  • ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު، މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަޤާމު: ނެޓްވާރކް ޓެކްނީޝަން 

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/5500ރ. - -/6200ރ. 

ސަރވިސް އެލަވަންސް: -/1000ރ

ޓެކްނިކަލް އެލަވަންސް: -/1500ރ

އެޑިޔުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، /ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު

  • ޑިޕްލޮމާ އިން އައިޓީ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ 3-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ސީ.ސީ.އެން.އޭ ނުވަތަ ކޮމްޕް ޓިއާ ނެޓްވާރކްގެ ތަޖުރިބާ ލިބިފައިވުން.
  • ނެޓްވާރކް މަސައްކަތްކުރުމުގެ ތަޖުރިބާ؛ ޕީ.ސީ އޮޕަރޭޓިންގ، ހާޑްވެއަރ އަދި ނެޓްވާރކް ސްވިޗިންގ މަސައްކަތް، ރައުޓަރ، ކޭބަލް ކުރުމާއި ކޭބަލް ޓަރމިނޭޓް ކުރުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓްގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަންގެ އެންމެހާ ކަންތައްތަކަށް ބޭނުންވާ ނެޓްވާރކް ސަޕޯޓް ދިނުން.

މަޤާމު: ބޯޓް ބިލްޑަރ އެންޑް ރިޕެއަރަރ

ބޭނުންވާ އަދަދު:  01

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ: -/6600ރ

ސަރވިސް އެލަވަންސް: -/1500ރ.

ޓެކްނިކަލް އެލަވަންސް:

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އޯފް ރެސިޑެންޝަލް އެލަވަންސް: -/1000ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ކިއްސަރު ވަޑާންކުރަން ދަންނަ ފަރާތެއް ކަމުގައި ވުމާއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު، މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި އޮޑިދޯނިފަހަރުގެ ވަޑާމުގެ މަސައްކަތާއި މަރާމާތުގެ މަސައްކަތްކުރުން؛ މިމަސައްކަތް ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

މަޤާމު: މެކޭނިކް

ބޭނުންވާ އަދަދު: 02

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: -/5500ރ

ސަރވިސް އެލަވަންސް: -/1000ރ.

ޓެކްނިކަލް އެލަވަންސް: -/1500ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ޑިޕްލޮމާ /އެޑްވާންސްޑް ސެޓުފިކެޓު އިން ހައިޑްރޯލިކް އިންޖިނިއަރިންގ. 
  • ހައިޑްރޯލިކް އިންޖީނު މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގައި، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކުރުން.

މަޤާމު: މެޝިނިސްޓް

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: -/5500ރ

ސަރވިސް އެލަވަންސް: -/1000ރ.

ޓެކްނިކަލް އެލަވަންސް: -/1500ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ވޮކޭޝަނަލް ކޯސް ހަދާފައިވުން ނުވަތަ މި މަސައްކަތުގައި 1-2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި ކުންފުންޏަށް ބޭނުންވާ މެޝިނަރީސް މަސައްކަތް ކޮށް، ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

މަޤާމު: މޭސަން

ބޭނުންވާ އަދަދު: 02

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: -/5500ރ

ސަރވިސް އެލަވަންސް: -/1000ރ.

ޓެކްނިކަލް އެލަވަންސް: -/1500ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • 1-3 އަހަރުގެ ތަށިމުށި ޖެހުމާއި ރޭނުގެ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • މި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރުގައި ރޭނުމުގެ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

މަޤާމު: ހޭންޑީ ޕާރސަން (މަސައްކަތު)

ބޭނުންވާ އަދަދު:  01

ޑިޕާޓްމަންޓް: ތިލަފުށި ޑޮކް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: -/4700ރ

ސަރވިސް އެލަވަންސް: -/1000ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑޮކް ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ސައިޓުން އަންގާ ގޮތުގެ މަތިން ޓެކްނިކަލް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

މަޤާމު: އެސިސްޓެންޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: -/5500ރ.

ސަރވިސް އެލަވަންސް: -/1000ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް/އެމްޓީސީސީ ސޯމިލް

ޝަރުޠު

  • ޖީ.ސީ.އީ އޯ ލެވެލް/ އޭ ލެވެލްއާއެކު މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަދުވެގެން 3 އަހަރު ދުވަހު މި ދާއިރާގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަސައްކަތް ކޯޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
  • މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓްގެ މެއިންޓެނަންސް މަސައްކަތް ކޯޑިނޭޓްކޮށް އަދި ހިނގަމުންދާގޮތް ބެލުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.

މަޤާމު: ހޭންޑީ ޕާރސަން (މަސައްކަތު)

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: -/4700 ރ

ސަރވިސް އެލަވަންސް: -/1000ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް/އެމްޓީސީސީ ސޯމިލް

ޝަރުޠު

  • ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުން އަންގާ ގޮތުގެ މަތިން ޓެކްނިކަލް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

މަޤާމު: އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 06

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/5500ރ.

ސާރވިސް އެލަވަންސް: -/1000ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު: 

  • BO ނުވަތަ B2 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް، އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

މަޤާމު: އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/5500ރ. 

ސަރވިސް އެލަވަންސް: -/1000ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:

  • ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)
  • ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަން ދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސްމީހެއްގެ ގޮތުގެ ޒިންމާ ނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަދުނގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ