މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

"އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު: ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވާރލްޑް ބޭންކުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުަސޫލުން މަސައްކަތް ކުރާނެ ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރއެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރުގެ މައިގަނޑު މަސައްކަތަކީ މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ މާލީ ހިސާބުތައް ވާރލްޑް ބޭންކުގެ ފިޑިއުޝަރީ ގަވާއިދުތަކާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

  • އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތުން؛

    ގުޅޭ ދާއިރާއަކުން ޓްރެއިނިންގ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު 5 އަހަރު ދުވަހުގެ ޑޯނަރ ފަންޑަޑް ޕްރޮޖެކްޓެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

    ވާރލްޑް ބޭންކްގެ ފްރޮޖެކްޓްތަކުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • މައިކްރޮސޮފްޓް ވާރޑް ޕްރޮސެސަރ، ސްޕްރެޑް ޝީޓް އަދި ފައިނޭންޝަލް މެނޭޖްމަންޓް އެޕްލިކޭޝަން ބޭނުންކުރަން އެނގުން؛
  • ކްއިކް ބްކްސް ސޮފްޓްވެޔަރ ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އަހަންމިއްޔަތުކަން ދެވޭނެއެވެ.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމާއި، ނަތީޖާ ހާސިލުކުރެވޭ ފަދަ ޤާބިލުކަންހުރި ފަރާތަކަށް ވާންވާނެއެވެ.
  • އިނގިރޭސި އަދި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކޮށް ލިޔެކިޔުން ތައްޔާރުކުރަން އެނގުން؛
  • ބަޖެޓް، ކޭޝްފްލޯ ސްޓޭޓްމަންޓް އަދި ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައި ވުމަކީ އެދެވިގެންވާ ކަމެކެވެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު ޕްރޮޖެކްޓްގެ ރަށްތަކަށް ދަތުރުކުރެވޭނެ ފަރާތަކަށް ވާންޖެހޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ ކޮންސަލްޓެންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ފެންވަރާއި ތަޖުރިބާއަށް ބިނާކޮށް މިމަސައްކަތަށް މަހަކު -/35,000 ރުފިޔާއާއި -/40,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ކަނޑައެޅޭނެއެވެ. މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ ތިރީސް ހަ (36) މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުންވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މަތީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ކަނޑައެޅިފައިވަނީ ޖުލައި 2015 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018415 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

11 ޖޫން 2015
ހޯދާ