ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކަންޑް އޮފިސަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސެކަންޑް އޮފިސަރ

ޢަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 09 މަސް

އަސާސީ މުސާރަ: -/12،850ރ

މަސައްކަތް ކުރަންޖެހޭ ތަން: އެމް ޓީ އަލިހުރަސް

އެހެނިހެން އިނާޔަތްތައް:

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/6,425ރ
  • ފިކްސްޑް އެލަވަންސް: 6,810/50ރ
  • ޓޭންކަރ އެލަވަންސް: 1,927/50ރ
  • ލީވްވޭޖަސް: -/12850ރ – ކޮންޓްރެކްޓް ފުރިހަމަކުރުމުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ނިއަމިކަން ކުރުން އަދި ކާގޯ އަރުވާ ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން
  • ބޯޓުގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން
  • ފަޅުވެރިންނާއި، ބޯޓާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

  • އެޑްވާންސް އޮއިލް ޓޭންކަރ ފެމިލަރައިޒޭޝަން ސެޓުފިކެޓު/ ސީއޯސީ/ ޖީ.އެމް.ޑީ.އެސް.އެސް/ ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓުފިކެޓު/ ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ސެޓުފިކެޓު/ އެޑްވާންސް ފަޔަރ
  • ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓުފިކެޓު/ ޕްރޮފިޝިއަންސީ އިން ސަވައިވަލް ކްރާފްޓް އެންޑް ރެސްކިއު ބޯޓް ސެޓުފިކެޓު/ މެޑިކަލް ކެއަރ ސެޓުފިކެޓު/ ޕާސަނަލް ސޭފްޓީ އެންޑް ސޯސަލް ރެސްޕޮންސިބިލިޓީ ސެޓުފިކެޓު/ ޕްރޮފިޝިއެންސީ އިން ސިޕް ސެކިއުރިޓީ
  • އެވެއަރނެސް ސެޓުފިކެޓު/ ޕްރޮފިޝިއެންސީ އިން ޑިޒެގްނޭޓަޑް ސެކިއުރިޓި ޑިއުޓީ ސެޓުފިކެޓު/ މެރައިން އެންވަރަންމެންޓަލް އެވެއަރނެސް ސެޓުފިކެޓު
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 17 ވާ (ބުދަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ގެ ހެޑްއޮފީސް
  • ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
  • ފޯން:3344272، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ