މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕާކް ވާޑަންސް (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ޤާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރެވުނު ނަންބަރު: IUL)438/438/2015/74) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ އަދަދު:

5

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/3,875 ރުފިޔާ

އިތުރު އިނާޔަތްތައް:

ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތުފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ޤާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  • ޑިއުޓީ ގަޑީގައި ކޮންމެ 120 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގާ ބަލައި ޗެކްކުރުން؛
  • ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  • ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް ރިޕޯޓުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމު ފެންވަރު ހުރުން؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  • ޢުމުރުން 25 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން؛
  • މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ/ ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  • އިންޓަރވިއު
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން ޢައްޔަނު ކުރެވޭނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖުލައި/އޮގަސްޓު 2015 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޖޫން 29 (ހޯމަ) ދުވަހު 14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް

15 ޖޫން 2015
ހޯދާ