މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ބަހައްޓައިދިނުމާއި އެއަރކޮންޑިޝަން ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު

މިކޯޓުގައި އެއަރކޮންޑިޝަން ބަހައްޓައިދިނުމާއި އެއަރކޮންޑިޝަން ސަރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މިކޯޓުގައި އަމިއްލަ ތަކެތީގައި 05 އެއަރކޮންޑިޝަން ޔުނިޓް ހަރުކޮށްދިނުމާއި 01 އެއަރކޮންޑިޝަން ޔުނިޓް ސާރވިސްކޮށްދިނުމާއި، އަދި މިކޯޓުގައި ހަރުކުރާ 05 އެއަރކޮންޑިޝަން ޔުނިޓްގެ ތެރެއިން 02 އެއަރކަންޑިޝަނަށް ބޭނުންވާ ކަރަންޓްވައިރު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މަޢުލޫމާތު ސާފުކުރުމަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640142 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ