މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓަރީގައި ހަކަތައިގެ އެސެސްމެންޓެއް ހެދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓަރީގައި ހަކަތައިގެ އެސެސްމެންޓެއް ހެދުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓަރީގައި ހަކަތައިގެ އެސެސްމެންޓެއް ހެދުމާ ބެހޭގޮތުން ކުރެވުނު ނަންބަރު: IUL)438-PRCU/1/2015/58)ފ(26 މޭ 2015) އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ދިވެހިރާއްޖެ ބައިވެރިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ. އެން. އެފް. ސީ. ސީ. ސީ.) ގެ ދަށުން ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީންހައުސް ގޭސް މަދުކުރުމުގެ ގޮތުން ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރުމާއި ހަކަތަ އިޤްތިޞާދު ކުރުމާއި ހަކަތަ އިސްރާފުވުން ކުޑަކުރުމަށްވެސް ސަރުކާރުން މިދަނީ އިސްކަންދީގެން މަސައްކަތްކުރަމުންނެވެ.

މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެލިވަރުގައި ހުންނަ މަސް ފެކްޓަރީގެ ހަކަތައިގެ އެސެސްމަންޓެއް ހެދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ، 29 ޖޫން 2015ގެ 11:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. (އީމެއިލުން ފޮނުވާ ބީލަން ޤަބޫލު ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 300 3004 960+    ފެކްސް: 301 3004 960+

އީމެއިލް އެޑްރެސް: [email protected]

15 ޖޫން 2015
ހޯދާ