މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީ ހިނގަމުންދާ ގްރީން ބިލްޑިންގ، ގޯޑައުން އިމާރާތާއި އެމް.އީ.އޭ ގެ އިމާރާތުގައި ހިމެނޭ އެންމެހާ ތަންތަން، އެއް އަހަރުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 300 3018 ނުވަތަ 343 3018 އަށް ގުޅުއްވުން އެދެމެވެ.

15 ޖޫން 2015
ހޯދާ