ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރިކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)438-PRCU/1/2015/47)ފ(14 މޭ 2015) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގަކީ މިޚިދުމަތް ހޯދުމަށް ލިބިފައިވާ ބަޖެޓަށް ވުރެ ބޮޑު އަގުތަކަކަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ފުރިހަމަ ކުރުމުގައި މައިގަނޑު ގޮތެއްގައި ތިރީގައިވާ ތަކެތި ޑެލިވަރކޮށްދޭންވާނެއެވެ.
- ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގެ ކުރިން އިންސެޕްޝަން ރިޕޯޓު ހުށަހެޅުން
- ކޮމިއުނިކޭޝަން މެޓީރިއަލްތަކުގައި ހިމެނޭ ބައިތަކުގެ ތަފުސީލީ ރިޕޯޓު
- ކޮމިއުނިކޭޝަން މެޓީރިއަލް
- ކުރު ޑޮކިއުމެންޓްރީ (10 މިނެޓުގެ)
- 3 ވީޑިއޯ އަދި އޯޑިއޯ ކްލިޕް (30 ސިކުންތުގެ)
- ޕްރިންޓް ކުރެވިފައިވާ 'އިންފޮރމޭޝަން ޕެކޭޖް' (އެކި ތީމެޓިކް އޭރިއާތަކުން ކަނޑައަޅާފައިވާ އަދަދަކަށް ބްރޯޝަރ އަދި ޕޯސްޓަރ)
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މަސައްކަތުގެ އަގު:
- ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރިކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" މިހެން ލިޔެވިފައިވާންވާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: 301 8 337 (960)+ ނުވަތަ 301 8 300 (960)+
ފެކްސް: 301 8 301 (960)+
އީމެއިލް: [email protected]
މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި 'މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.