މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބ. ދޮންފަން މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: TES/2015/W-94

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ. ދޮންފަން މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

1- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަށް ބ. ދޮންފަނުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)13-K1/13/2015/160) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

   1-GC01-3 ,GC01-2 ، GC01 އަދި GC01-4

3- ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 ޖޫން 2015 އިން 24 ޖޫން 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް (ރަމަޟާންމަހު ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30އަށް) މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރު ނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5- ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/25,000ރ (ފަންސަވީސްހާސް ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

7- ބީލަން ހުޅުވުން އޮންނާނީ 2015 ޖުލައި 06 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349203       3349106

   ފެކްސް: 3320706       3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

15 ޖޫން 2015
ހޯދާ