ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
3 ސައިކަލު (ވޭވް 125i) ގަންނަން

ރީޖަނަލް އެއަރޕޯޓްސްތަކުގެ ބޭނުމަށް 3 ސައިކަލު (ވޭވް 125i) ގަންނަން ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/56)ފ(19 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ މިއިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖޫން 2015 (އަންގާރަ) ދުވަހުގެ 13:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.  

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ