ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
3 މިނީވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

ރީޖަނަލް އެއަރޕޯޓްސްތަކުގެ ބޭނުމަށް 3 މިނީވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު  މިއޮފީހުގެ ނަންބަރު IUL)448/1/2015/57)ފ(21 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ މިއިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2015 (އާދީއްތަ) ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖޫން 2015 (އަންގާރަ) ދުވަހުގެ 13:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.  

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ