ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ގެ އުޅަނދުތަކާއި އެސްޓީއޯ އިން ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އެސްޓީއޯ ގެ އުޅަނދުތަކާއި އެސްޓީއޯ އިން ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:          އެސްޓީއޯ ގެ އުޅަނދުތަކާއި އެސްޓީއޯ އިން ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައިކޮށްދިނުން

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ޖޫން 22 ވާ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ޖޫން 22 ވާ ދުވަހުގެ 15:30 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 ޖޫން 23 ވަނަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖޫން 29 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށް 2015 ޖުލައި 05 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޖުލައި 12 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:   3344321 , 3344318

ފެކްސް:  3344633

އީމެއިލް: [email protected]

10 ޖޫން 2015
ހޯދާ