މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް ޔުނިޓް، ޕްރޮކިއުމަންޓް ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީއާއި ދާއިރާއިން އެދޭ ތަކެއްޗާއި ޚިދުމަތް ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން އުޞޫލުތަކާ އެއްގޮތަށް ކުރުމާއި، ބޭނުންވާ މުއްދަތަށް ތަކެތި ހޯދުމާއި ފޯރުކޮށްދިނުން.
  2. މިނިސްޓްރީއާއި  ދާއިރާގެ  ބޭފުޅުން/ޓީމުތައް  ރާއްޖެތެރެއަށް  ކުރާ  25000.00  ރުފިޔާއަށްވުރެ  އަގުމަތީ  ދަތުރުތައް  ގެޒެޓްކޮށް  ބީލަން  ކުރިއަށްގެންދިއުމާއި،  އެ ދަތުރުތައް  ހަމަޖެއްސުމަށް  ކުރަންޖެހޭ  މުޢާމަލާތްތައް  ކުރުމާއި،  ދަތުރުތައް  ހަމަޖެއްސުން.
  3. ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން ދަށުގެ ޓެކްސްޓް ފޮތްތައް މިނިސްޓްރީން ގެޒެޓްކޮށްގެން ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން.
  4. ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން މަތީގެ ޓެކްސްޓް ފޮތްތައް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑް މެދުވެރިކޮށް ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން.
  5. ހޯދޭ ތަކެތީގެ ތެރެއިން ގުދަނަށް ފޮނުވަންޖެހޭ ތަކެއްޗާމެދުގައި ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ޢަމަލުކުރުމާއި، އެކަންކަމާގުޅޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  6. ހޯދާ ތަކެއްޗާއި ޚިދުމަތާގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.

މަޤާމުގެ ޝަރުޠު                                                

1. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

4. ފައިނޭންސް/އެޑްމިނިސްޓްރޭޝަން/ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 28 ޖޫން 2015 އާއި 2 ޖުލައި 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް: www.moe.gov.mv ން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ  ތަޢުލީމާއި  ތަމްރީނު  ދެނެގަތުމަށް  ބޭނުންވާ  ލިޔުންތައް (މޯލްޑިވްސް  ކޮލިފިކޭޝަންސް  އޮތޯރިޓީން  ފެންވަރު  ބަލައި،  ތައްގަނޑު  ޖަހާފައިވާ  ލިޔުމުގެ  ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 25 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 23 ޝަޢުބާން 1436
10 ޖޫން 2015
ހޯދާ