މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސަޕޯޓް އެންޑް ނެޓްވަރކް މެނޭޖްމަންޓް ޔުނިޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ                 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ ނެޓްވާރކް ފަރުމާކުރުމާއި ޑިވެލޮޕްކުރުމާއި، ސާވާރ މެއިންޓެއިން ކުރުން.
  2. ދުވަހުން ދުވަހަށް ސާވާރ އޮޕަރޭޓިންގ ސިސްޓަމްތަކާއި، ސާވާރގައި ބޭނުންކުރާ ޕްރޮގަރާމްތަކުގެ އަޕްޑޭޓްތައް ޑައުންލޯޑްކުރުމާއި، އިންސްޓޯލް ކުރުން.
  3. ސާވާރ އާއި، ނެޓްވާރކް މެލްވެއަރ އާއި، ހެކާރސްގެ ކިބައިން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. އެންޓި ވައިރަސް ޑެފިނިޝަން އަޕްޑޭޓްކުރުމާއި، ނެޓްވާރކާ ގުޅިފައިހުރި ކޮމްޕިއުޓަރުތަކުގައި އެންޓިވައިރަސް އަޕްޑޭޓް ސްޓޭޓަސް މޮނިޓަރ ކުރުން.
  5. ސާވަރ ބޭނުންކުރެވެމުންދާގޮތް މޮނިޓަރކުރުމާއި، ޑޮކިއުމަންޓުކުރުމާއި، ފާހަގަކުރެވޭ އާދަޔާ ޚިލާފު ހަރަކާތްތަކެއް ނެޓްވާރކްގައި އުޅޭނަމަ، ސެކްޝަނުގެ ވެރިންނަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުން އެޅުން.
  6. ސާވަރއާއި އެހެނިހެން ނެޓްވާރކާ ގުޅުންހުރި ހާރޑްވެއަރ އާއި އެޕްލިކޭޝަންތައް އިންސްޓޯލްކޮށް ކޮންފިގަރ ކުރުން.
  7. ސާވަރގައި ހުންނަ ޑޭޓާ ރަނގަޅަށް ބެލެހެއްޓުމާއި، އޭގެ ބެކްއަޕް ދުވަހުން ދުވަހަށް ހެދުމާއި، ބެކްއަޕްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން.
  8. ނެޓްވާރކް ޔޫސަރ އެކައުންޓްސް އާއި އެހެނިހެން ނެޓްވާރކް ރިސޯސަސް މެނޭޖްކުރުން.
  9. ނެޓްވާރކުން ލިބޭ ޚިދުމަތްތައް ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމާއި، އެއާ ގުޅޭ ތަމްރީންތައް ހިންގުން.
  10. ނެޓްވާރކްގެ އަޕްޓައިމް މަތިކުރުމަށާއި، މުޅި ނެޓްވާރކްގެ ޕާފޯމަންސް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  11. ނެޓަވާރކް އާއި ސާވަރ އެޕްލިކޭޝަންތައް ދުވަހުން ދުވަހަށް ބޭނުންކުރެވޭގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  12. އެންމެ ފަހުގެ ނެޓްވާރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވާރކް ސެކިއުރިޓީ އިޝޫތަކާބެހޭ އަޕްޑޭޓްތައް އިންޓަނެޓުގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން.

މަޤާމުގެ ޝަރުޠު                                                

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް  މީހަކު  ހޮވުމަށް  އިންޓަވިއު  ކުރުން  އޮންނާނީ،  2015  ޖޫން  25  އާއި  30  އާ  ދެމެދުގެ  ތާރީޚެއްގައި  މިނިސްޓްރީ  އޮފް  އެޑިޔުކޭޝަން  (ހ.  ވެލާނާގޭގެ  8  ވަނަ  ފަންގިފިލާ)  ގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ  (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށެެވެ.)

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 25 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ