މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ސެކްޝަން، މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ                

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތަޢުލީމީ ދާއިރާގެ ޕްރޮޖެކްޓްތައް އެކުލަވާލައި، ލިޔެ ތައްޔާރުކުރުމުގައި ޔުނިޓުގެ އިސްވެރީންނަށް އެހީތެރިވެދިނުން.
  2. ތަޢުލީމީ ދާއިރާގެ ޕްރޮޖެކްޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުން.
  3. ތަޢުލީމީ ދާއިރާގެ ޕްރޮޖެކްޓްތައް ތަންފީޒުކުރެވޭގޮތުގެ މަޢުލޫމާތާއި ދިމާވާ ދަތިތައް ހޯދުން.
  4. ތަޢުލީމީ ދާއިރާގެ ޕްރޮޖެކްޓްތައް ތަންފީޒުކުރެވޭގޮތުގެ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  5. ތަފާތު މަޢުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ފޯނުންގުޅައި، އެފަދަ މަޢުލޫމާތު އެއްކުރުން.
  6. ސެކްޝަނުގެ ފަރާތުން ބާއްވަންޖެހޭ ޖަލްސާތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  7. ދަރިވަރުންގެ  ފޮތްލިސްޓަށް ގެނެވޭ ބަދަލާ ގުޅިގެން ދިމާވާނެ ދަތިތަކާއި ލިބޭނެ ފައިދާތައް ދިރާސާކޮށް، އިސްފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރުން.
  8. ޑިވިޝަނުގެ މުވައްޒަފުންގެ ވަޒިފާއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠު                                                 

1. މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

5. މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 28 ޖޫން 2015 އާއި 2 ޖުލައި 2015 އާ ދެމެދުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގައެވެ.

ށ. އިންޓަވިއުއަށާއި ޕްރެޒެންޓޭޝަނަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް:  www.moe.gov.mv ން ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި؛

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 25 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

23 ޝަޢުބާން 1436

10 ޖޫން 2015
ހޯދާ