ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑެޕިއުޓީ ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ތަޖުރިބާ ނެތި، ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭ ދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ލައިބްރަރީއަށް ލިބޭ /ހޯދާ ތަކެތި އެކްސެޝަންކޮށް، ކެޓަލޮގްކޮށް، ކްލެސިފައިކުރުމަށްފަހު، ޕްރޮސެސްކުރަން މުވައްޒަފުންނާއި ހަވާލުކޮށް، މި ތަކެތި ޕްރޮސެސްކޮށް، ޑިސްޕްލޭކޮށް، ޢާންމުކޮށް ބޭނުންކުރެވޭ ނިޒާމެއްގެމަތިން ޝެލްފުކޮށް ބެލެހެއްޓޭތޯ ބެލުމާއި، ހަލާކުވެފައިހުންނަ ލައިބްރަރީ ފޮތް ފަދަ ތަކެތި މަރާމާތުކުރުން ނުވަތަ މަރާމާތުކުރަން ފޮނުވުން.
  2. ލައިބްރަރީ މުވައްޒަފުންނަށް މަސައްކަތާ ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ކޮލެޖުގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުމާއި، ސުޕަވައިޒްކުރަން ހަވާލުވެފައިތިބޭ މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް ބަލައި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކޮށް، ބަލަހައްޓައި، މުވައްޒަފުން މަސައްކަތްކުރާގޮތުގެ ތަފްސީލް، ލައިބްރަރީ ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިއަކަށް ހުށަހެޅުން.
  3. މުވައްޒަފުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޑިއުޓީ ޓޭބަލްތައް ހަދައި، އެއްހަފްތާ ކުރިއަށް އެތަކެތި ހުރިހާ ލައިބްރަރީތަކަށް ޕްރިންޓް ނުވަތަ އީމެއިލުގެ ޒަރިއްޔާއިން ފޮނުވުން.
  4. ސުޕަވައިޒްކުރަން ހަމަޖެހިފައި ހުންނަ ލައިބްރަރީތައް ގަޑިއަށް ހުޅުވިފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީގެ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެމަތިން ކުރެވޭނޭގޮތް ރާވައި އިންތިޒާމް ކުރުން.
  5. ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ލައިބްރަރީގެ އޮންލައިން ކެޓަލޮގް ބޭނުންކޮށްގެން ފޮތްފަދަތަކެތި ހޯދަން ދަސްކޮށްދިނުމާއި، ޝެލްފުން ފޮތްތައް ހޯދުމުގައި އެހީތެރިވެދިނުމާއި، އެތަކެތި ލިބެންހުރި ލައިބްރަރީއެއް ހޯދައިދިނުމުގައި އެހީތެރިވެދިނުން.
  6. ލައިބްރަރީ ތެރޭގައި ޙައްލުކުރަންޖެހޭ މައްސަލަތަކާއި، ލައިބްރަރީ ބޭނުންކުރާ ފަރާތްތަކުން ހުށަހަޅާ ތަފާތު މައްސަލަތައް، ލައިބްރަރީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ނުވަތަ އިދާރީ ސެކްޝަނާ ގުޅިގެން އަވަސް މުއްދަތެއްގެ ތެރޭގައި ޙައްލުކުރުމާއި، ޙައްލުނުކުރެވޭފަދަ މައްސަލައެއްނަމަ، އިސްވެރިއަކާ ހަމައަށް މައްސަލަ ހުށަހެޅުން.
  7. ހުރިހާ ވަގުތެއްގައިވެސް ލައިބްރަރީގައި އަޑުގަދަ ވިޔަނުދީ، އަޑުގަދަވާނަމަ އަޑުމަޑުކުރުމަށް އަންގައި، އަޑުމަޑުނުވާނަމަ އޮންނަ އުޞޫލެއްގެ މަތިން ފިޔަވަޅުއެޅުމާއި، ކުރަންޖެހިއްޖެ ޙާލަތެއްގައި ނުވަތަ ވެރިން އަންގަވައިފިނަމަ، ސަރކިއުލޭޝަން ކައުންޓަރުގައި މަސައްކަތްކުރުން.
  8. ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓްކުރުމުގައި ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، އޯރިއެންޓޭޝަން ހަފުތާގައި ލައިބްރަރީ ބޭނުންކުރަން އަލަށް އަންނަ ފަރާތްތަކަށް ލައިބްރަރީއިން ދެވޭ ޚިދުމަތްތަކުގެ މަޢުލޫމާތު ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  9. އެ މުވައްޒަފަކު މަސައްކަތްކުރާ ލައިބްރަރީނޫން އެހެން ލައިބްރަރީތަކުގައި، ހަމަޖެހިފައިވާ އުޞޫލަކުން މަސައްކަތްކުރުން.
  10. ޤަވާޢިދުން ޔައުމިއްޔާ ލިޔޭތޯ ބެލުމާއި، ލައިބްރަރީ މުވައްޒަފުންގެ އިތުރުގަޑީ ފޮތާއި، ސްޓޫޑަންޓް ލައިބްރަރީ އެސިސްޓަންޓުންގެ ކޮންޓްރެކްޓް/ހާޒިރީ ރިޕޯޓް ފޮނުވުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް، ވެރިން އަންގަވާގޮތެއްގެމަތިން އެހެން މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:  

2015 ޖޫން 21 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

28 ޝަޢުބާން 1436

15 ޖޫން 2015
ހޯދާ