ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ރާވާފައިވާ ޕްރޮޖެކްޓްތަކާ ބެހޭ

ސެމިނަރ

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ ތަރައްޤީކުރުމަށްޓަކައި ރާވާފައިވާ ޕްރޮޖެކްޓްތަކާބެހޭ މަޢުލޫމާތު އައި.ސީ.ޓީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމަށްޓަކައި 15 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 ން 16:00 އަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އައި.ސީ.ޓީ ދާއިރާއިން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ފުރުޞަތުތަކާއި، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވުމެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއޮފީހުގެ ނަންބަރު 3344000 އަށް ގުޅުއްވައި 13 ޖޫން 2015 ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ