ދިވެހިރާއްޖެ
އިޢުލާން
ރ. ދުވާފަރު ބަނދަރުގެ ދެކުނު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނެގުމާއިބެހޭ ބެހޭ:
ދުވާފަރުގެ ނެރު ތިލަވަމުންދާތީވެ، 2024 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހު މި ރަށަށް، ނެރު ފުންކުރުމުގެ މަސައްކަތް ފެއްޓުމަށްޓަކައި ވެހިކަލްތަކެއް އައުމަށް ވަނީ ހަމަޖެހިފައެވެ. ނެރު ފުންކުރުމަށްފަހު ނަގާ ވެލި އެޅުމަށް މަސްމާރުކޭޓުގެ ހުޅަނގަށް އޮތް ސަރަހައްދު ބޭނުން ކުރުމަށް ހަމަޖެހިފައިވާތީވެ، މި ވެހިކަލްތައް ބަނދަރު ކުރުމާއި ވެލި ބޭލުވުމަށްޓަކައި، ބަނދަރުގެ ދެކުނުފަރާތުން ފެށިގެން 100 ފޫޓުގެ ސަރަހައްދެއް ބޭނުންވެއެވެ. ޤަވާޢިދު ނަންބަރު 2014/R-237 (ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު) ގެ ދަށުން މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ސަރަޙައްދުގައި ބަންދަރުކޮށްފައިވާ އުޅަނދުތައް ނެރުފުންކުރުމުގެ މަސައްކަތް ނިމެންދެން ނަގައިދިނުން އެދެމެވެ. އަދި ފަޅު ފުންކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި، ފަޅުގައި އަޅާފައިހުރި އޮޑިދޯނިތައް އެ މަސައްކަތް ނިމެންދެން ނަގައިދިނުން އެދެމެވެ. މިފަދަ ކަންކަމަށް ތިޔަ ރައްޔިތުންގެ ފަރާތުން މި ކައުންސިލަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
16 ރަބީޢުލް އައްވަލް 1446
19 ސެޕްޓެމްބަރ 2024