މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ޤައުމީ ދަފްތަރާއި ގުޅޭ

މަސްވެރިންގެ ޤައުމީ ދަފްތަރާއި ގުޅޭ

                   މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ މަޤަސަދުގައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް "ކެޔޮޅު" ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން އިފްތިތާޙްކޮށްފައެވެ.

                      މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެއްކުރެވޭ މުހިއްމު މަޢުލޫމާތުތަކެކެވެ. އެހެންކަމުން، މަސްވެރިންގެ ޤައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި، 1 އޮކްޓޯބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ޔަޤީންކުރަމުންދާނެއެވެ.

                    ވީމާ، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އިސްވެ ދެންނެވުނު ތާރީޚުގެ ކުރިން ދަފްތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓްކޮށް އުޅަނދުގެ ކަންކަމާއި ޒިންމާވާ ފަރާތުން ޔަޤީންކުރުމަށް އިލްތިމާސްކުރަމެވެ. ދަފްތަރުގައި ރަޖިސްޓަރީވާނެ ގޮތުގެ ގައިޑް ތިރީގައިވާ ކިއު.އާރު. ކޯޑް ސްކޭންކޮށް ބައްލަވާލެވޭނެއެވެ. މީގެ އިތުރުން ރަޖިސްޓްރީވުމާއި ގުޅޭ ވީޑިއޯއެއް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިކޮށްފައިވާނެ ވާހަކަ ދަންނަވެމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ (7928721)  އަށް މެސެޖްކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1446 C 16

19 ސެޕްޓެމްބަރ 2024

19 ސެޕްޓެންބަރު 2024
ހޯދާ