މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގައި ނަންއެޅުން
އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދިނުމަށް ސާފުކޮށްފައިވާ ސަރަހައްދުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގައި 2024 ސެޕްޓެންބަރު 26 ބުރާސްފަތި ދުވަހުގެ ކުރިން ނަންއަޅާ ނަންބަރު ޖެހުމަށް ދަންނަވަމެވެ. ނަންއަޅާ ނަންބަރ ޖަހާއިރު އެ ރުއްގަހުގައި އެހެން އެއްވެސް ފަރާތަކުން ނަމެއްއަޅާ ނަންބަރެއް ޖަހާފައިވާނަމަ އެ ނަމެއް ނަންބަރެއް ނުކެޑުމަށްވެސް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އެސަރަހައްދު ސާފުކުރުމުގެތެރޭގައި 25 ރުއްގަސް ވަނީ ވެއްޓިފައެވެ. މީގެތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ވެއްޓިފައިވާނަމަ، ވެއްޓިފައިވާ ރުއްގަހުގެ އަދަދާއި، ހާލަތު ބަޔާންކޮށް ލިޔުމުން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
18 ސެޕްޓެންބަރު 2024
ހޯދާ