މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/89، (22 އޮގަސްޓް 2024) އިޢުލާނާއި ގުޅޭ

    މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/89، (22 އޮގަސްޓް 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

    ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޒިކަލް ފިޓްނެސް ޓެސްޓުގެ އިތުރު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

    ފިޒިކަލް ފިޓްނެސް ޓެސްޓުގެ ސަޕޯޓެޑް ސިޓަޕްސް، ޕުޝްއަޕްސް އަދި ދުވުން އޮންނާނީ 22 ސެޕްޓެންބަރު 2024 (އާދީއްތަ) ދުވަހުގެ ރޭގަނޑު 20:00 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އަދި ފިޒިކަލް ފިޓްނެސް ޓެސްޓުގެ ފެތުމުގެ ބައި އޮންނާނީ 23 ސެޕްޓެންބަރު 2024 (ހޯމަ) ދުވަހުގެ ހެނދުނު 08:30 ގައި މާލެ ސުވިމިންގް ޓްރެކްގައެވެ. ޓެސްޓަށް ހާޒިރުވާން ޖެހޭ ފަރާތްތަކުގެ ލިސްޓު މި އިޢުލާނާއެކު މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

    މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2024
ހޯދާ