ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024"ގެ ސްޕޮންސަރޝިޕް ފުރުޞަތު ހުޅުވާލުން

"ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024"ގެ ސްޕޮންސަރޝިޕް ފުރުޞަތު ހުޅުވާލުން؛

 

ނިމިދިޔަ އަހަރު 'ގައްދޫ ވަތަބަނޑޭރި ވޮލީ ބޯލް ޗެލެންޖް 2023'  ގެ ނަމުގައި މިއުންސިލުން  ކުރިއަށްގެންދިޔަ ކާމިޔާބު ވޮލީ މުބާރާތަށްފަހު މިއަހަރުގައި  "ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ޓީމްތައް ބައިވެރިކުރުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.  

 

މިއަހަރުގެ މުބާރާތް ބޭއްވުމަށް ރާވާފައިވަނީ މުޅި ހުވަދު އަތޮޅަށް (ގއ އަދި ގދ އަށް) ހުޅުވާލައިގެން "މެންސް ޑިވިޝަން" އަދި "ވިމެންސް ޑިވިޝަން" އަށް ބާހާލައިގެންނެވެ. މިއަހަރުގެ މުބާރާތް ހުވަދު އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލާފައިވީ ނަމަވެސް، މުބާރާތުގެ ޚާއްސަ ދައުވަތެއްގެ ގޮތުގައި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ކޮންމެ ޑިވިޝަނަކުން ޓީމްތައް ބައިވެރިކުރުމުގެ ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމާފައިވެއެވެ. މިއީ ގައްދުއަށާއި މުޅި ހުވަދު އަތޮޅަށްވެސް އަންނާނެ ވޮލީ ކުޅިވަރުގެ ބޮޑު ޢީދަކަށް ވެގެންދާނެއެވެ.

 

މިމުބާރާތުގެ ޑިވިޝަންތަކަށް ދިނުމަށް އިޢުލާންކޮށްފައިވާ ފައިސާގެ އިނާމްތަކަކީ މުބާރާތުގެ ފޯރި ބޮޑުތަނުން އިތުރުވެގެންދާނެ ސަބަބެކެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކާއި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގައި ފިޔަޖަހަމުން އަންނަ ހުނަރުވެރި ވޮލީ ކުޅުންތެރިން މިމުބާރާތުގައި ކުޅުމަކީ މުބާރާތުގެ ފުރިހަމަކަން އިތުރަށް ގެނެސްދޭ ނެކަމެކެވެ.

 

މުބާރާތުގެ ދެ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 55،000.00 ރ (ފަންސާސް ފަސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމް ކަނޑައަޅާފައިވާއިރު މުބާރާތުގެ ދެ ޑިވިޝަންގެ ރަނަރއަޕް ޓީމަށް 25،000.00ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

 

މުބާރާތް އިންތިޒާމް ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާއާއި އެހެނިހެން އެހީތެރިކަން ބޭނުންވާއިރު، ސްޕޮންސަރޝިޕަށް ހުޅުވާލައިގެން އެހީތެރިކަން ހޯދުމަށް ކައުންސިލުން ރާވާފައިވެއެވެ. މި މުބާރާތަށް ފައިސާ ޚަރަދުކުރަން ރާވާފައިވަނީ ކައުންސިލްގެ 2024 ގެ ކުޅިވަރު ކަލަންޑަރުގައި ރާވާފައިވާ ގޮތަށް ކަމަށްވާއިރު  ހެޔޮއެދޭ ވިޔަފާރި ތަކާއި، ޖަމްޢިއްޔާތައް، ރަސްމީ އަދި ނުރަސްމީ ހުރިހާ އިދާރާތަކުންވެސް އެހީތެރިކަން އަޅުގަނޑުމެން އިންތިހާއަށް ބޭނުންވެއެވެ.

 

އެހެންކަމުން، ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024 ރާވާ ހިންގުމަށްޓަކައި މާލީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން 2024 ނޮވެމްބަރުގެ ނިޔަލަށް ފުރުޞަތު ހުޅުވާލަމެވެ.

 

ACCOUNT NAME: 1470-KHARADHU-02

ACCOUNT NUMBER: 7710700393004

VIBER: 7211233 | 7905301

18 ސެޕްޓެންބަރު 2024
ހޯދާ