މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު: TES/2015/C-03

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދުން:

1- ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޕްރޮގްރާމުގެ ދަށުން ގާތްގަނޑަކަށް 2000 ޓީޗަރުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2- މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

3- ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރު ނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

4- މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2015އިން 15 ޖުލައި 2015 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް (ރަމަޟާން މަހު ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 އަށް) މި ދަޢުވަތުގެ 07 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރ.އެފް.ފީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5- މި ޕްރޮޖެކްޓުތަކުގެ ޕްރީ-ޕްރޮޕޯޒަލް ބައްދަލުވުން އޮންނާނީ 1 ޖުލައި 2015ވާ ބުދަ ދުވަހުގެ 11:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

6- މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 5 ޖުލައި 2015ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

7- ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 16 ޖުލައި 2015ވާ ބުދަ ދުވަހުގެ 1100ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

  ޓެންޑަރ އިވެލުއޭޝަން ސެކްޝަން

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

  އަމީނީމަގު، މާލެ،  ދިވެހިރާއްޖެ.

  އީމެއިލް އެޑްރެސް: [email protected]

             [email protected]

09 ޖޫން 2015
ހޯދާ