މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295  ރުފިޔާ

-/2,000  ރުފިޔާ

 2,203/25 ރުފިޔާ

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު, އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލާ މޮނީޓަރކޮށް ކޮންމެ 6 މަހުން އެއްފަހަރު އެކަމާގުޅޭ ރިޕޯޓެއް ތައްޔާރުކުރުން.
  • ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، ރިޕޯޓު، ސްޓޭޓްމަންޓް އަދި ހުށަހަޅަންޖެހޭ ތަކެތި ތައްޔާރުކުރުން.
  • މުޢާހަދާތަކާއި އެއްބަސްވުންތައް ބަލަހައްޓާ ފަރާތްތަކުން ރިޕޯރޓިންގ މަސައްކަތް ކުރަމުންދާގޮތް ބެލުން.
  • ތިމާވެށީގެ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ނިންމާ ނިންމުންތަކާއި ރާއްޖެއިން ތަންފީޒު ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާގުޅޭ ގޮތުން ކަމާގުޅޭދާއިރާތަކާއެކު މަސައްކަތްކުރުން.
  • މިފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ބޭއްވޭ ޖަލްސާތަކަށް ރާއްޖެއިން ހުށަހަޅާ ޕޮޒިޝަން އާއި އެހެނިހެން ހުށަހެޅުންތައް، ކަމާބެހޭ ދާއިރާތަކުގެ ލަފަޔާއެކު ތައްޔާރުކުރުން.
  • ގްލޯބަލް އެންވަރަޔަންމަންޓް ފެސިލިޓީ ފޯކަލްޕޮއިންޓްގެ މަސައްކަތްތައް ކުރުން.
  • ސްމޯލްއައިލެންޑް ސްޓޭޓް (ސިޑްސް) ކޮންފަރެންސްއާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ތައްޔާރީ މަސައްކަތްތައް ކުރުން.
  • ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ބައިވެރިވާ ޖަލްސާ ސެމިނަރފަދަ ކަންތައްތަކުގައި ނިންމި ނިންމުންތަކުގެ މަޢުލޫމާތު އެފަރާތްތަކުން ހޯދާ، އެމަޢުލޫމާތު ހިއްސާކުރުން.
  • ތިމާވެށީގެ އެކިއެކި ޖަލްސާ، ސެމިނަރތަކުގައި ބައިވެރިވާ ފަރާތްތަކުން، އެބޭފުޅުން ބައިވެރިވި ޖަލްސާ ސެމިނަރއާއިގުޅޭ ރިޕޯޓު ހޯދައި، އެ މަޢުލޫމާތުތައް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މެނޭޖްމަންޓްގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
  • ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭފަރާތަކަށްވުން.
  • ޕޮލިސީ އެންޑް ޕްލޭނިންގ ތަޖުރިބާ ހުރި މިންވަރު.
  • ޑޭޓާ ބޭސް މެއިންޓެއިންސް އިންފޮމޭޝަން ސިސްޓަމް އަޕްޑޭޓް ކުރުން ފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.      

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 30 ޖޫން 2015 އާއި 15 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ