ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ޤަވާޢިދު ( ނަންބަރު: 2021/R-102 ) ވުޖޫދުވުމުގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ލައިސަންސް ޤަވާޢިދުގެ ދަށުން ދޫކުރަމުން ގެންދިޔަ ޒޯން ލައިސަންސް 25 އޮގަސްޓު 2024ގެ ކުރިން ޑިޖިޓަލް ލައިސަންސަށް ބަދަލުކުރުމަށް ނިންމާފައި އޮތް ނަމަވެސް، މި ނިންމެވުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން، މިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ޑިޖިޓަލް ލައިސަންސަށް ބަދަލުކުރެއްވުމަށް ދެއްވާފައިވާ މުއްދަތު 31 އޮގަސްޓު 2025 ގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނިންމާފައިވާކަން، ކައުންސިލުތަކާއި ބެހޭ ވުޒާރާއިން މިއިދާރައަށް ވަނީ އަންގާފައެވެ.
ވީމާ، ޒޯން ލައިސަންސް ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޙަކީ 31 އޮގަސްޓު 2025 ވަނަ ދުވަހުގެ ނިޔަލަށްކަމުގައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.