ދިވެހިރާއްޖެ
އިޢުލާން
މުލީ ކައުންސިލުން އިންތިޒާމުކޮށްގެން ރާވާ ހިންގާ ހަރަކާތްތަކުގެ ފޮޓޯގްރަފީ، ވީޑިއޯގްރަފީ ކުރުމުގެ ޚިދުމަތްދޭނެ ފަރާތްތަކުގެ ޕޫލަށް މުވައްޒަފުން ބޭނުން ވެއްޖެއެވެ.
މި ކައުންސިލުން އިންތިޒާމުކޮށްގެން ރާވާ ހިންގާ ހަރަކާތްތަކުގެ ފޮޓޯގްރަފީ، ވީޑިއޯގްރަފީ ކުރުމުގެ މަސައްކަތް ކޮށްދޭ ފަރާތްތަކުގެ ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި ގަޑިޔަކަށް 100.00 ރުފިޔާގެ ރޭޓުން އެލަވަންސް ދެވޭނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި ޕޫލްގައި ރަޖިސްޓްރީވުމަށް އެދި މި އިދާރާ އަށް ސިޓީ އަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720508 އަށެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.