މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި އުޅުއްވާ ބިދޭސީން ވަލުން ކާށި ހޮވުމާއިގުޅޭ:

 

 

                                                                                                                                                                    ނަންބަރު: (IUL)307/INDIV/2024/80

 

  އިޢުލާން

މިރަށުގައި އުޅުއްވާ ބިދޭސީން ވަލުން ކާށި ހޮވުމާއިގުޅޭ:

އެކިއެކި މަސައްކަތްތައް ކުރުމުގައި މިރަށުގައި އުޅުއްވާ ގިނަ ބިދޭސީން ރަށުގެ ވަލުތެރެއިން ކާށި ހޮވާކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދެއެވެ. އެގޮތުން ވަލުތެރޭގައި ހުރި ގިނަ ރުއްތަކަކީ ބަންޑާރަ ރުއްތަކާއި އަމިއްލަ ފަރާތްތަކުގެ ރުއްތައްކަން ފާހަގަކުރަމެވެ.

ވީމާ، ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަދަކަންކަން އެގޮތަށް ނުކުރުމަށް ބިދޭސީންނަށް އަންގަވައިދެއްވުން އެދެމެވެ. އަދި ދިވެހީންވެސް އެފަދަ ކަންކަމުގައި ބައިވެރިނުވުމަށާއި އެފަދަ ޢަމަލުތައް ހިނގުމަށް ހިތްވަރު ނުދެއްވުމަށް އިލްތިމާސް ކުރަމެވެ. އެފަދަ ކަންކަން ހިންގާ ފަރާތްތަށް ފާހަގަ ކުރެވިއްޖެނަމަ މި އިދާރާއަށް ލަސްނުކޮށް އެންގުމަށް އެންމެހާ ރައްޔިތުންނަށް މިފުރުސަތުގައި އިލްތިމާސް ކުރަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ރަބީޢުލްއައްވަލް 1446

17 ސެޕްޓެމްބަރ 2024

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

18 ސެޕްޓެންބަރު 2024
ހޯދާ