ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގެ އާންމު ކުތުބުޚާނާގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ)

ކުޅުދުއްފުށި ސިޓީގެ އާންމު ކުތުބުޚާނާގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) 4 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން ތަންފީޛު ކުރެވެމުންދާތީ، އެ ކުތުބުޚާނާއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި އެހެނިހެން މުހިންމު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ކުޅުދުއްފުށި ޢާންމު ކުތުބްޚާނާ ހުޅުވިފައި ހުންނަ ގަޑިތައް:

އާދިއްތަ – ބުރާސްފަތި

ހެނދުނު 09:00 އިން 15:00 އަށް

ހަވީރު 16:00 އިން 22:00 އަށް.

ހޮނިހިރު

ހެނދުނު 09:00 އިން 15:00 އަށް.

 

ކުޅުދުއްފުށި އާންމު ކުތުބުޚާނާ އީމެއިލް: [email protected]

ކުޅުދުއްފުށި އާންމު ކުތުބުޚާނާ ފޯން ނަންބަރު: 6527181

އާންމު ޤަވާއިދުތައް

ކުތުބްޚާނާގެ ޙިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކުންވެސް ލައިބްރަރީ މުވައްޒަފުންނަށް އިޚްތިރާމުކުރުމާއި ލައިބްރަރީގެ ޤަވާއިދުތަކަށް އިޚްތިރާމް ކުރަންވާނެއެވެ. އަދި ލައިބްރަރީގެ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްގެން ނުވާނެއެވެ. ލައިބްރަރީގެ ފޮތްތައް އަދި އެހެނިހެން ތަކެއްޗަށް ލިބިދާނެ ގެއްލުމަށްޓަކައި، ލައިބްރަރީ ތެރޭގައި އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ކުޑަ ފެންފުޅިއެއް ވެއްދިދާނެއެވެ. ލައިބްރަރީ އިމާރާތް ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެވެ.

ލައިބްރަރީ ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުންވެސް ފޯނު ބާއްވަންވާނީ ސައިލެންޓްގައި ނުވަތަ ނިއްވާލެވިފައެވެ. މުހިއްމު ފޯނެއް އަތުވެއްޖެނަމަ ލައިބްރަރީގައި ތިއްބަވާ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެހެން ލައިބްރަރީ އިން ބޭރަށް ނުކުމެ، ފޯނަށް ޖަވާބުދާރީވެވިދާނެއެވެ. ލައިބްރަރީ ތެރޭގައި ފޯނު ނެގުމަކީ މަނާކަމެވެ. އަދި ލައިބްރަރީއަށް ވަދެ ނިކުމެ ހައްދަވާއިރު ފައިވާން ބޭރުގައި ބެހެއްޓުމަށްފަހު، ކޮންމެ ބޭފުޅެއްގެވެސް އަމިއްލަތަކެތި (ދަބަސް) ފަދަ ތަކެތި ލޮކަރ އަށް ލުމަށްފަހު ލައިބްރަރީ އެތެރެއަށް ވަނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ލައިބްރަރީއަށް ވަންނަވާއިރު ތިބެންވާނީ ސާފުތާހިރު އަދި ލައިބްރަރީ މާހައުލާ ގުޅޭގޮތަށް ހެދުން އަޅުއްވައިގެންނެވެ.

 

މެންބަރަކަށްވުން / މެންބަރުކަމުން ވަކިވުން

  • މެމްބަރަކަށްވުމަށްޓަކައި ކޮންމެ ފަރާތަކުންވެސް "ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު" އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށްފަހު ލައިބްރަރީއަށް ހުށައަޅަންވާނެއެވެ. މެންބަރޝިޕް ހެއްދޭނީ މަދުވެގެން 3 މަހުގެ މުއްދަތަށެވެ. 18 އަހަރުން ދަށުގެ ކުދިންނަށް މެންބަރަކަށް ވުމަށް އެއްވެސް ފީ އެއް ނުނެގޭނެއެވެ.
  • 18 އަހަރުން މަތީގެ ފަރާތްތައް މެންބަރަކަށް ވުމަށް ރެޖިސްޓރޭޝަން ފީ އެއްގެ ގޮތުގައި ފަންސާސް ރުފިޔާ (-/50 ރުފިޔާ) އަދި މެންބަރޝިޕް ފީ އެއްގެ ފޮތުގައި މަހަކަށް ފަނަރަ ރުފިޔާ (-/15 ރުފިޔާ) ގެ ރޭޓުން ކުރިއަށް އޮންނަ 3 މަހަށްވާ މެންބަރޝިޕް ފީގެ ގޮތުގައި ސާޅީސް ފަސް ރުފިޔާ (-/45 ރުފިޔާ) ދައްކަންވާނެއެވެ.
  • މެންބާރޝިޕް ހެއްދޭނީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ފަންސާސް ރުފިޔާގެ (-/50 ރުފިޔާ) އިތުރުން ކުރިއަށް އޮންނަ 3 މަހަށްވާ މެންބަރޝިޕް ފީގެ ގޮތުގައި ސާޅީސް ފަސް ރުފިޔާ (-/45 ރުފިޔާ) ދެއްކުމަށްފަހުގައެވެ. އަދި 3 މަސްވުމަށްފަހު ޖެހިގެން އޮންނަ 3 މަހަށްވާ މެންބަރޝިޕް ފީ (-/45 ރުފިޔާ) ނުދައްކާނަމަ މެންބަރޝިޕް ކެންސަލްވާނެއެވެ.
  • ·        ކަލަންޑަރު މަހުގެ ކޮންމެ ހިސާބަކުން މެންބަރޝިޕް ހެއްދި ކަމުގައިވާނަމަވެސް އެ މަހަށް މެންބަރޝިޕް ފީ އެއްކޮށް ނަގަންވާނެއެވެ.

 

މެންބަރުން ގެންދާ ފޮތުގެ ތެރެއިން އެއްޗެއް ގެއްލިގެން ބަދަލުގައި ގެންނަ އެއްޗަކާމެދު އަމަލުކުރާނެގޮތް

  • ދޫކުރެވޭ ފޮތް/ތަކެތި ގެއްލިއްޖެ ހިނދެއްގައި ވީއެންމެ އަވަސް ފުރުސަތެއްގައި އެކަން ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީއަށް އަންގަންވާނެއެވެ. އަދި އެކަން ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީއަށް އަންގާތާ، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ގެއްލުނު ތަކެތީގެ ބަދަލުގައި، ގެއްލުނު ބާވަތުގެ އެއްޗެއް ގެންނަންވާނެއެވެ. ގެއްލުނު ބާވަތުގެ އެއްޗެއް ނުލިބިއްޖެނަމަ އެއިރެއްގައި ބާޒާރުގައި އެތަކެތި ލިބެންހުރި އަގު ދެއްކުމަށްފަހު އިދާރީފީގެ ގޮތުގައި ކޮންމެ ފޮތަކަށް 100/-ރ (ސަތޭކަ ރުފިޔާ)  ދައްކަންވާނެއެވެ.
  • ·        ގެއްލޭ ތަކެތީގެ ބަދަލުގައި ގެނެވޭ ތަކެތި ޤަބޫލުކުރުމާއި ނުކުރުން ނުވަތަ އެންމެ ފަހު ނިންމުން ނިންމާނީ އެއިރެއްގައި ލައިބްރަރީ ޔުނިޓާއި ހަވާލުވެގެން ހުންނަ އިސް މުވައްޒަފެކެވެ.

 

ސާރކިއުލޭޝަން - ކުޅުދުއްފުށި ލައިބްރަރީއިން މެންބަރުންނަށް ދޫކުރާ ތަކެއްޗާއި، ދޫކުރާތަކެތި މުއްދަތުހަމަވެގެން އެތަކެތީގެމުއްދަތު އިތުރުކުރުމާއި، ދޫކުރެވިފައިވާ ތަކެތި އަނބުރާގެނައުމުން ބަލައި ގަތުން.

ތަކެތި ދޫކުރުން

  • ކަސްޓަމަރުންނަށް ފޮތް ދޫކރުރެވޭނީ ކަސްޓަމަރުގެ އައިޑީ ކާރޑު، ބިދޭސީ މެންބަރެއް ނަމަ ޕާސްޕޯޓު، ދެއްކައި ވެރިފައި ކުރުމަށްފަހުގައެވެ. 
  • ކޮންމެ ކަސްޓަމަރަކަށް ވެސް ފޮތް ލޯން ކުރެވޭނީ 1 ހަފުތާގެ މުއްދަތަށެވެ.
  • 13 އަހަރުން ދަށުގެ މެންބަރުންނަށް ލޯން ކުރެވޭނީ ކިންޑަރ، ޔަންގް އަދި ޖޫނިއަރ ކެޓެގަރީގައި ހިމެނޭ ފޮތްތައް އެކަންޏެވެ. ޓީން އަދި އެޑަލްޓް ކެޓެގަރީގައި ހިމެނޭ ފޮތްތައް ލޯން ނުކުރެވޭނެއެވެ.
  • 18 އަހަރުން ދަށުގެ މެންބަރުންނަށް ލޯން ކުރެވޭނީ ކިންޑަރ، ޔަންގް، ޖޫނިއަރ އަދި ޓީން ކެޓެގަރީގައި ހިމެނޭ ފޮތްތައް އެކަންޏެވެ. އެޑަލްޓް ކެޓެގަރީގައި ހިމެނޭ ފޮތްތައް ލޯން ނުކުރެވޭނެއެވެ.
  • 18 އަހަރުން މަތީގެ މެންބަރުންނަށް ހުރިހާ ކެޓެގަރީއެއްގެ ފޮތްތައް ލޯން ކުރެވޭނެއެވެ.
  • ޑިއުޑޭޓް އަށް ފޮތް ނުގެންނަނަމަ އިތުރަށް 3 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މެންބަރޝިޕް ކެންސަލްވާނެއެވެ.

ތަކެތި ބަލައިގަތުން

  • މެންބަރުންނަށް ދޫކުރެވޭ ތަކެތި މެންބަރު ނޫން އެހެން ފަރާތްތަކަށް ލައިބްރަރީއަށް އަނބުރާ ގެނެވިދާނެއެވެ.

 

ސްޓަޑީ ރޫމްސް، ވެލްނެސް ރޫމް އަދި އިންޓަރނެޓް

އިންޓަރނެޓް

  • ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ ވައިފައި ބޭނުން ކުރެވޭނީ ކައުންޓަރަށް ދުރުވެ ކިއު.އާރު.ކޯޑު ސްކޭންކުރުމުންނެވެ.
  • ·        ވައިފައި ކިއު.އާރު.ކޯޑު އަކީ ވަންޓައިމް ކޯޑެކެވެ.

ސްޓަޑީ ރޫމްސް ބުކް ކުރުން

  • މި ރޫމްތައް ބޭނުންކުރަންވާނީ ހަމައެކަނި ޢިލްމީ އަދި އިޖްތިމާޢީ ކަންކަމަށެވެ.
  • ސްޓަޑީ ރޫމްސް ބުކް ކުރެވޭނީ ލައިބްރަރީގެ އެކްޓިވް މެންބަރުންނަށް އެކަންޏެވެ. 
  • ސްޓަޑީ ރޫމް ބުކް ކުރުމަށް އަދި ބޭނުން ކުރުމަށް އިތުރު ފީ އެއް ނުނެގޭނެއެވެ.
  • ސްޓަޑީ ރޫމްސް ބުކް ކުރެވޭނީ ލައިބްރަރީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 ން 10:30 ދެމެދު ލައިބްރަރީގެ ކައުންޓަރ އަށް ގުޅުއްވައިގެންނެވެ. ނުވަތަ އޮންލައިން ބުކިން ހެދުމަށް އޮންނަ އުސޫލުގެ ތެރެއިން ބުކިން ހެއްދޭނެއެވެ. އެހެންނަމަވެސް، ރޫމް ހުސްކޮށް ހުންނަ ހާލަތުގައި މަތީގައި ބަޔާން ކުރެވުނު ވަގުތު ތަކުގައި ނޫނަސް ރޫމް ބުކް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
  • ސްޓަޑީ ރޫމްސް ބުކް ކުރަންވާނީ ކުރިއަށް އޮތް ދުވަހަށް، އެއް ދުވަސް ކުރިންނެވެ. އެހެންނަމަވެސް ބައެއް ހާއްސަ ހާލަތްތައް އަދި ރޫމް ބުކްނުކޮށް ހުސްކޮށް ހުންނަ ހާލަތްތަކުގައި އެއް ދުވަހުގެ މުއްދަތެއް ނެތް ކަމުގައި ވީނަމަވެސް ބުކް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
  • ބުކް ކުރެވޭނީ ކޮންމެ ފަރާތަކަށްވެސް ގިނަވެގެން 2 ގަޑިއިރުގެ މުއްދަތަކަށެވެ. އަދި އެހެން ފަރާތެއް ޖެހިގެން އިން ގަޑިއަށް ބުކްކޮށްފައި ނުވާނަމަ ގަޑި އިތުރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
  • ·        ސްޓަޑީ ރޫމް ހުޅުވާދެވޭނީ ރޫމް ބުކް ކުރިފަރާތުން ލައިބްރަރީ ކައުންޓަރަށް ދުރުވެ ދ.ރ.އ ކާޑު ހުށައެޅުމުންނެވެ.

ވެލްނެސް ރޫމް ބުކްކުރުން

  • ލައިބްރަރީގެ މެންބަރުންނާއި، މެންބަރުން ނޫން ފަރާތްތަކަށްވެސް ވެލްނެސް ރޫމް ބުކް ކުރެވޭނެއެވެ.
  • ވެލްނެސް ރޫމް ބުކް ކުރުމަށް ފީ އެއް ނުނެގޭނެއެވެ.
  • ވެލްނެސް ރޫމް ބޭނުން ކުރުން ހާއްސަ ކުރެވިފައިވަނީ ނަފްސާނީ ގޮތުން ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އޮންލައިން ތެރަޕީ ނުވަތަ ކޮންސަލްޓޭޝަން ތަކަށެވެ.
  • ވެލްނެސް ރޫމް ބުކް ކުރެވޭނީ ލައިބްރަރީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 ން 10:30 ދެމެދު ލައިބްރަރީގެ ކައުންޓަރ އަށް ގުޅުއްވައިގެންނެވެ. ނުވަތަ އޮންލައިން ބުކިން ހެދުމަށް އޮންނަ އުސޫލުގެ ތެރެއިން ބުކިން ހެއްދޭނެއެވެ.އެހެންނަމަވެސް، ރޫމް ހުސްކޮށް ހުންނަ ހާލަތުގައި މަތީގައި ބަޔާން ކުރެވުނު ވަގުތު ތަކުގައި ނޫނަސް ރޫމް ބުކް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
  • ވެލްނެސް ރޫމް ބުކް ކުރަންވާނީ ކުރިއަށް އޮތް ދުވަހަށް، އެއް ދުވަސް ކުރިންނެވެ. އެހެންނަމަވެސް ބައެއް ހާއްސަ ހާލަތްތައް އަދި ރޫމް ބުކްނުކޮށް ހުސްކޮށް ހުންނަ ހާލަތްތަކުގައި އެއް ދުވަހުގެ މުއްދަތެއް ނެތް ކަމުގައި ވީނަމަވެސް ބުކް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
  • ބުކް ކުރެވޭނީ ކޮންމެފަރާތަކަށްވެސް ގިނަ ވެގެން 2 ގަޑިއިރުގެ މުއްދަތަކަށެވެ. އަދި އެހެން ފަރާތެއް ޖެހިގެން އިން ގަޑިއަށް ބުކް ކޮށްފައިނުވާނަމަ ގަޑި އިތުރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. 
  • ވެލްނެސް ރޫމް ހުޅުވާދެވޭނީ ރޫމް ބުކް ކުރިފަރާތުން ލައިބްރަރީ ކައުންޓަރަށް ދުރުވެ ދ.ރ.އ ކާޑު ހުށައެޅުމުންނެވެ.

ރޫމް ބުކިންގް ކެންސަލް ކުރުން

  • ރޫމްސް ބުކިންގ ކެންސަލްކުރަން ބޭނުންވާނަމަ، ވީ އެންމެ އަވަހަކަށް ލައިބްރަރީގެ ކައުންޓަރަށް ގުޅާ އަންގާންވާނެއެވެ.

 

ފޮޓޯ ކޮޕީ ނެގުމުގެ ޙިދުމަތް

  • ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީއިން ފޮޓޯކޮޕީ ނަގައިދެނީ ހަމައެކަނި ލައިބްރަރީ ކަލެކްޝަންގައި ހުރި ތަކެއްޗެވެ. ފޮޓޯކޮޕީ ނެގޭނީ ކޮޕީރައިޓް ޤާނޫނާ އެއްގޮތަށެވެ. އަދި ފޮޓޯ ކޮޕީ ނެގޭނީ ކަޅާއި ހުދުން (ބްލެކް އެންޑް ވައިޓް) ކޮޕީ އެކަންޔެވެ.
  • ޕޮޓޯ ކޮޕީ ނެގުމުގެ ޚިދުމަތް ލިބިގެންދާނީ ހަމައެކަނި <not for loan> ގެ ފޮތްތަކެވެ.
  • ދުވާލަކަށް ޕޮޓޯ ކޮޕީ ނަގާ ދެވޭނީ ގިނަވެގެން ފޮތުގެ އެވެ.
  • އޭ4 ގަނޑަކަށް 1 ޞަފްޙާ އާއި 5 ޞަފްޙާ ދެމެދުގެ ޕްރިންޓް ކުރައްވާނަމަ 5 ރުފިޔާ، 5 ޞަފްޙާ އާއި 10 ޞަފްހާ ދެމެދު ޕްރިންޓް ކުރައްވާނަމަ 10 ރުފިޔާ ނެގޭނެއެވެ.
  • އޭ3 ގަނޑަކަށް 1 ޞަފްޙާ އާއި 5 ޞަފްޙާ ދެމެދު ޕްރިންޓް ކުރައްވާނަމަ 10 ރުފިޔާ، 5 ޞަފްޙާ އާއި 10 ޞަފްޙާ ދެމެދު ޕްރިންޓް ކުރައްވާނަމަ 20 ރުފިޔާ ނެގޭނެއެވެ.

 

 

ކަސްޓަމަރުންގެ އަމިއްލަ ތަކެތީގެ ތެރެއިން ގެއްލޭ ތަކެއްޗާއި މެދު ޢަމަލުކުރެވޭނެ ގޮތް

ލައިބްރަރީއަށް ކަސްޓަމަރެއްގެ އެއްވެސް އެއްޗެއް ގެއްލިފައިވާކަން ފާހަގަވެއްޖެނަމަ އެކަން ލައިބްރޭރިއަންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ފުރަންޖެހޭ ފޯމް ފުރަންވާނެ. އެއްވެސް ފަރާތަކުން އެ އެއްޗަކާއި 2 މަސް ވާއިރު ހަވާލުނުވާނަމަ އެއެއްޗެއް ފުލުހުންނާއި  ހަވާލުކުރެވިގެންދާނެއެވެ.

 

ކަސްޓަމަރުންގެ ޚިޔާލު/ކޮމެންޓް/ޝަކުވާ ހުށައެޅުން

އެއްވެސް ފަރާތަކުން ލައިބްރަރީގެ ހިދުމަތަކާއި މެދު ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށައަޅަން ބޭނުންކަމުގައިވާނަމަ އޮންލައިން ފޯމް މެދުވެރިކޮށް ހިޔާލު އަދި ޝަކުވާ ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޙިޔާލު އަދި ޝަކުވާ ހުށައަޅާ ފޯމް ލައިބްރަރީގެ ރިސެޕްޝަނުންވެސް ލިބިލައްވާނެއެވެ.

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

17 ސެޕްޓެންބަރު 2024
ހޯދާ